ހަބަރު

ހުޅުމާލެ މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

Jan 16, 2019

ހުޅުމާލޭގައި މިއަދު މެންދުރު ހިނގި މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިއަދު މާރާމާރީއާ ހިނގާފައިވަނީ ދެ ގުރޫޕެއްގެ ދެމެދުގަ އެވެ. މާރާމާރީއާގައި ދެ ޒުވާނަކަށް އަނިޔާވެފައިވެ އެވެ.

ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ ރަތަފަންދޫއަށް ނިސްބަތްވާ ޒުވާނެކަށެވެ. އޭނާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނައިރު މިހާރު ހާލު ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

ދެން އަނިޔާވީ އައްޑޫ ސިޓީއަށް ނިސްބަތްވާ 17 އަހަރުގެ ޒުވާނަކަށެވެ. އޭނާއަށް ސީރިއަސް އަނިޔާތަކެއް ނުލިބެ އެވެ.