ވިޔަފާރި

މެރަދޫގައި ހެދި ރިސޯޓު އަންނަ މަހު ހުޅުވަނީ

Jan 17, 2019
2

ގއ. މެރަދޫގައި ތަރައްގީކުރި ފަސް ތަރީގެ ފުރިހަމަ ރިސޯޓު އަންނަ މަހު ހުޅުވާނެ ކަމަށް ބުނެފި އެވެ.

ހުވަދު އަތޮޅުގައި ދެ ރިސޯޓެއް މިހާރުވެސް ހިންގަމުން ގެންދާ އޭކާ ހޮޓެލްސް އާ ހަވާލާދީ ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބައެއް ސައިޓުތަކުގައިވާ ގޮތުން 38 ވިލާގެ މި ރިސޯޓު ހުޅުވާން ނިންމާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން 55 މިނެޓުން ދެވޭ، އަދި ސްޕީޑް ލޯންޗުގައި ކާޑެއްދޫ އެއާޕޯޓުން 15 މިނެޓުން ދެވޭ، ރާސްތާގައި އޮންނަ މި ރިސޯޓު ތަރައްގީކުރަނީ މަޝްހޫރު "ރަފްލްސް" ބްރޭންޑުގަ އެވެ.

ރަފްލްސް މޯލްޑިވްސް މެރަދޫ ތަރައްގީ ކޮށްފައިވަނީ 24 ގަޑިިއިރު ބަޓްލާސް ހިދުމަތާއި ފިޓްނަސް ސެންޓަރުގެ އަދި ސްޕާގެ ހިދުމަތްވެސް ލިބޭ ގޮތަށެވެ. އަދި މި ރިސޯޓުގައި 21 އައިލެންޑް ވިލާ އާއި 16 މޫދު ވިލާ ނުވަތަ އޯޝަން ވިލާ ހިމެނެ އެވެ.

ގާތްގާތުގައި ގިނަ ރިސޯޓުތަކެއް ހުޅުވަން ތައްޔާރުވާއިރު، މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ޓޫރިޒަމް މަޝްހޫރު ކަމަށްވާ އެނބޫދޫ ފަޅުގެ ބައެއް ރިސޯޓުތަކެއްވެސް މި އަހަރު ހުޅުވާނެ އެވެ.