ހަބަރު

ޖާބިރާއި ދިޔާނާއަށް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބެއް ނުކުރެވުނު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީ އަބުދުﷲ ޖާބިރުއާއި، އަނބިކަބަލުން ދިޔާނާ ސައިދު އެމްޑީޕީގެ ޕްރައިމަރީއިން ނާކާމިޔާބުވެވަޑައިގެންފި އެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް، އެމްޑީޕީގެ ޓިކެޓް ހޯދުމަށް ޖާބިރު ޕްރައިމަރީގައި ވާދަކުރެއްވީ ކާށިދޫ ދާއިރާއަށެވެ. ޖާބިރު ވަނީ މީގެ ކުރިން ކާށިދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފަ އެވެ. އެހެން ނަމަވެސް އެމްޑީޕީގެ ޕްރައިމަރީގެ ވަގުތީ ނަތީއްޖާ ދައްކާގޮތުން ޖާބިރަށް ވަނީ ނާކާމިޔާބީއާއި ކުރިމަތިވެފަ އެވެ. އެދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ އަބުދުﷲ ރިއްފަތުއެވެ.

ޖާބިރުގެ އަބިކަނބަލުން އަދި ކުރީގެ ބަންޑާރަނައިބް ދިޔާނާ ސައީދު ވިލިނގިލީ ދާއިރާގެ ޕްރައިމަރީގައި ވާދަ ކުރައްވާފައިވާ އިރު އެކަމަނާއަށްވެސް ވަނީ ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިފަ އެވެ. މިހާތަނަށް ނަތީއްޖާ ދައްކާގޮތުން އެދާއިރާ ކާމިޔާބު ކުރައްވާފައިވަނީ ހާރޫން ރަޝީދެވެ.