އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާދިލްވެސް ޕްރައިމަރީ ކާމިޔާބު ކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި މުހައްމަދު އާދިލް ސަލީމްވެސް އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކޮށްފި އެވެ.

މިފްކޯގެ ކުރީގެ އެމްޑީކަން ވެސް ކުރެއްވި އާދިލް ކ. ގުރައިދޫ ދާއިރާގެ ޓިކެޓް ކާމިޔާބުކުރީ ތިން ބޭފުޅަކާ ވާދަކޮށް 523 ވޯޓު ހޯއްދަވައިގެން އެވެ.

އާދިލް ވަނީ ނަޝީދުގެ ސަރުކާރުގައި މިފްކޯގެ މެނޭޖިން ޑިރެކްޓަރު ގެ މަގާމުވެސް ފުރުއްވުމުގެ އިތުރުން، އިކޮނޮމިކް މިނިސްޓަރުކަން އަދި ކޮމިއުނިކޭޝަން މިނިސްޓަރު ކަމުގެ މަގާމުވެސް އަދާކުރައްވާފަ އެވެ.