އެކްސިޑެންޓް

އެކްސިޑެންޓެއްވެ މީހެއްގެ ކޮނޑުކަށިގަނޑު ބިންދައިގެން ހިނގައްޖެ

ކައްދޫ އެއާަޕޯޓުގެ ލާމުލިންކާގައި ގުޅިފައިވާ މަގުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ކޮނޑު ކަށިގަނޑު ބިންދައިގެން ހިނގައްޖެ އެވެ. މިއަދު މެންދުރު 12:15 ހިނގި މި އެކްސިޑެންޓްގައި ކޮނޑުކަށިގަނޑު ބިންދައިގެން ދިޔައީ އުމުރުން 56 އަހަރުގެ ފިރިހެނެކެވެ.

އަސްކަރީ އެއާޕޯޓެއްގެ ގޮތުގައި އޮންނަ އެކަމަކު މަދަނީ ވައިގެ ހިދުމަތަށް ބޭނުން ކުރާ އެއާޕޯޓުން ހައިވޭއަށްވާ ބައިގައި މި އެކްސިޑެންޓް ހިނގީ ވޭނަކާއި ސައިލަކެއް ޖެހިގެންނެވެ. ކޮނޑުކަށިގަނޑު ބިންދައިގެން ދިޔައީ ސައިކަލުގައި އިން މީހާއެވެ.

އެކްސިޑެންޓްގައި އޭނަ ވިއްސައިގެން ގޮސް ކޮނޑުކަށިގަނޑު ބިންދައިގެން ދިޔައިރު ސައިކަލްގައި އޭނާ ބާސްކެޓެއްގައި އުފުލި ރޯމަސްތަކެއް މުޅި މަގު މައްޗަށް އެޅިފައި އޮތެވެ.

އޭނާ އަށް މިހާރު ދަނީ ގަން ރީޖަނަލް އެއާޕޯޓްގައި ފަރުވާ ދެމުންނެވެ.

މި އެކްސިޑެންޓް ހިނގި އިރު މިއަދު ހެދުނު 7:05 ގައި މާލޭގެ މަސް މާރުކޭޓުގެ ކުރިމަތީ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާ ވަނީ ފަރުވާ ދެމުން ދަނިކޮށް މަރުވެފަ އެވެ.