ހަބަރު

ހުޅުމާލޭގައި މީހެއްގެ މޫނަށް ސްޕްރޭޖަހާ، ފައިސާ ފޭރިގެންފި

ހުޅުމާލޭގައި މީހެއްގެ މޫނަށް ސްޕްރޭ ޖެހުމަށް ފަހު ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭ ފިއުލް ސަޕްލައި އިން އިސްލާމިކް ބެންކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރަނިކޮށް އެތަނަށް ދެ މީހަކު އައިސް އޭނާގެ މޫނަށް މޫވް ސްޕްރޭ ޖެހުމަށް ފަހު ފައިސާ ފޭރިގަތް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެކަން ހިނގާފައި ވަނީ ސެންޓްރަލް ޕާކު ކައިރީ ކަމަށާއި އެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ މިއަދު 11:47 ގައި ކަމަށެވެ.

މިހާތަނަށް އެ މައްސަލާގައި މީހަކު ހައްޔަރު ނުކުރާ ކަމަށާއި ނަމަވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެ ހާދިސާގައި ފޭރިގެންފައި ވަނީ ކިހާ އަދަދެއްގެ ފައިސާ ކަމެއް އަދި ސާފެއް ނުވެ އެވެ.