ހަބަރު

އިމާރާތެއްގެ މަތީން ވެއްޓުނު ކުއްޖާގެ ހާލު ރަނގަޅު: އައިޖީއެމްއެޗް

އިއްޔެ މާލޭ ގެއެއްގެ ފަސް ވަނަ ބުރިން ވެއްޓި އަނިޔާވި ކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗުން ބުނީ، އެ ކުއްޖާގެ ހާލު މިހާރު ސްޓޭބަލް ކަމަށާއި އޭނާއަށް ފަރުވާ ދެމުން ގެންދަނީ އައިޖީއެމްއެޗް ވޯޑެއްގައި ބާއްވައިގެން ކަމަށެވެ.

އިމާރާތުން ވެއްޓިފައިވަނީ 14 އަހަރުގެ އަންހެން ކުއްޖެކެވެ. އެކުއްޖާ ވެއްޓިފައިވަނީ ވެއްޓިފައިވަނީ ގ. ކޮލަމްބިއާގެ ފަސްވަނަ ބުރިންނެވެ. ގަދަ އަޑުފައްގަނޑަކާއެކު ފަސް ވަނަ ބުރިން އެ ކުއްޖާ ވެއްޓިފައިވަނީ އިންވެގެން ހުންނަ ނިއު ކޮލަމްބިއާގެ ފުރާޅު މައްޗަށެވެ.