މިނިސްޓްރީ އޮފް ހެލްތު

އޭދަފުށީ ހޮސްޕިޓަލް މިއަހަރުތެރޭ ތަރައްގީ ކުރެވޭނެ: މިނިސްޓަރު

ބ. އޭދަފުށި ހޮސްޕިޓަލަށް ބޭނުންވާ ލެބޯޓަރީ އާއި އެހެން ވަސީލަތްތަށް ގާއިމްކުރުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މިއަދު އޭދަފުށީގައި ބޭއްވި، މަދިރި އައި ބަލިފަތުރާ ހެން ސޫފާސޫފި މަދުކުރުމުގެ ތަމްރީނު ޕޮރްގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބަޖެޓުގައި ފައިސާ ނެތަސް ރައްޔިތުންނަށް ބޭނުންވާ ސިއްހީ ފަރުވާ ހޯދޭނެ ގޮތް ހަމަޖައްސަން ޖެހޭ ކަމަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ، އޭދަފުށި ހޮސްޕިޓަލް ތަރައްގީ ކުރުމުން، އެކަމުގެ ފައިދާ ލިބިގެންދާނީ ހަމައެކަނި އޭދަފުށިގައި އުޅެމުންދާ މީހުނަށް ނޫންކަމަށާއި، ޗުއްޓީއަށް އެރަށައްދާ ރާއްޖޭގެ އެހެން ރަށްރަށުގެ މީހުނަށްވެސް މިކަމުން ފައިދާކުރާނެ ކަމަށެވެ.

" އޭދަފުށީ ހޮސްޕިޓަލަށް ބޭނުންވާ ލެބޯޓަރީ އަދި އެހެނިހެން ވަސީލަތްތަށް މިއަހަރު ފޯރުކޮށް އިތުރަށް ތަރައްގީ ކުރާނެ، ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމަކީ ބޮނޑު ޒިންމާއަކަށް ވިޔަސް، ބަޖެޓުގައި ފައިސާ ނެތަސް މިއީ ނުކޮށް ދޫކޮށްލެވޭވަރު ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.