ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އޭދަފުށި

އޭދަފުއްޓަށް ދިޔަ މީހުން ކަރަންޓީންވާން އަންގައިފި

މި މަހުގެ ފުރަތަމަ ދުވަހުގެ ފަހުން ބ. އޭދަފުށީގައި އުޅުމަށްފަހު އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ މީހަކު ހުރިނަމަ ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެކަން އެންގުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެ އެވެ.

އޭދަފުއްޓަކީ ކޮވިޑް ކޭސްތައް މިވަގުތު ވަރަށް ގިނަ ރަށެކެވެ. މިދިޔަ 24 ގަޑިއިރުތެރޭ 25 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ ރަށުގައި ބަލިޖެހިފައިވާ 37 މީހަކު އެބަތިއްބެވެ.

އެޗްޕީއޭއިން މިއަދު ބުނީ ޕޮޒިޓިިވް ކޭސްތަކާއި ގުޅިގެން މި މަހުގެ ފުރަތަމަ ދުވަހުގެ ފަހުން ބ. އޭދަފުށީގައި އުޅުމަށްފަހު އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ މީހަކު ހުރިނަމަ ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގުމަށް އެދޭ ކަމަށެވެ. އަދި މިތާރީހުގެ ފަހުން އޭދަފުއްޓަށް ގޮސްފައިވާ މީހުން އޭދަފުށިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިބުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން އޭދަފުށިން މާލެއަށް އައިސްފައިވާ މީހުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެގުމަށް އެދިފައިވެއެވެ. އަދި ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް އޭދަފުށިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބުމަށާއި އެރަށަށް ކުރި ދަތުރުގެ މައުލޫމާތު 1676 އަށް ހިއްސާ ކުރުމަށް އެދިފައިވެއެވެ.