ހަބަރު

ފާރިސް ހުންނެވީ ސާބިތުކަމާއެކު ކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހުންނެވީ ސާބިތުކަމާއެކު ކަމަށް ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

"އަވަސް" ގައި ޝާއިއުކޮށްފައިވާ ރިޕޯޓަކާ ގުޅިގެން ރައީސް މައުމޫން ޓުވިޓާގައި ދެއްވި ޖަވާބެއްގައި ވިދާޅުވީ ފާރިސް ހުންނެވީ ސާބިތުކަމާއެކު ކަމަށެވެ.

އަވަސްގައި މިއަދު ޝާއިރު ކުރި ރިޕޯޓްގައި ފާހަގަ ކޮށްފައިވަނީ ކޯލިޝަން ވުޖޫދުވުމުގެ މޭސްތިރިއެއްގެ ގޮތުގައި ހުންނެވި ފާރިސް ސިޔާސީ މައިދާނުން ގެއްލިފައިވާ ކަމެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ އެތެރޭގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ކޯޅެން ފަށާފައިވާއިރު، އެކަންކަން ހައްލު ކުރުމަށް ފާރިސްއަށް ދައުރެއް އަދަކުރެވިދާނެ ކަމަށް ގިނަބަޔަކު ދެކެއެވެ.

ރިޕޯޓާ ގުޅިގެން ފާރިސްގެ ގާތް ފަރާތްތަކުން އަންނަނީ ފާރިސް ސިޔާސީ މައިދާނުން ނުގެއްލޭ ކަމަށާއި، ހުންނެވީ ސާބިތުކަމާއެކު އެ މަސައްކަތުގައި ކަމަށް ބުނަމުންނެވެ.