ހަބަރު

ސްރީލަންކަންގެ އައްޑޫ ދަތުރުތައް ހުއްޓާލަނީ

Jan 21, 2019
7

ސްރީލަންކައިން އިން އައްޑޫއަށް ކުރަމުން އަންނަ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފި އެވެ. ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލަނީ އަންނަ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެނެވެ.

ސްރީލަންކަން އިން ބުނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ ދަތުރުތައް ހުއްޓާލަނީ އައްޑޫއަށް އޮޕަޜޭޓް ކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލު ނުވެ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާތީ އެވެ. މީގެ ތެރޭގައި ފުރިހަމަ ނުވެ އޮތް އެންމެ މުހިންމު ހިދުމަތަކީ އިމިގްރޭޝަންފެ ހިދުމަތެވެ. އެ ނޫނަސް ގިނަ ހިދުމަތްތަކެއް ހުރީ އެކަށް ފުރިހަމަ ނުވެއެވެ.

ގަމާއި ކޮލަމްބޯއާ ދެމެދު ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ފެށުމުގެ ގޮތުން، ސްރީލަންކަންގެ އޮފީހެއް އައްޑޫގައި ހުޅުވީ ނޮވެމްބަރު 1، 2016 ގައެވެ. ދަތުރުތައް ގަމަށް ފަށާފައިވަނީ ޑިސެމްބަރު 19، 2016 ގައެވެ.