ހަބަރު

ސައްހަ 3000 ފޯމް ހަމަނުވެގެން ޕީއެންސީ އަލުން ފޯމް ހުށަހަޅައިފި

Jan 22, 2019
14

ޕިޕަލްސް ނޭޝަނަލް ކޮންގްރަސް އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅި ފޯމްތަކުގައި ސައްހަ 3000 ފޯމް ހަމަ ނުވާތީ އެ ޕާޓީ އިން އަލުން ފޯމްތަކެއް ހުށަހަޅައިފި އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ޕާޓީއެއް ރަޖިސްޓާ ކުރުމަށް 3000 މީހުން ސޮއިކޮށްފައިވާ ފޯމް އީސީއަށް ހުށަހަޅަން ޖެހެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ޕާޓީއެއް ރަޖިސްޓާ ކުރުމަށް 3000 މީހުން ސޮއިކޮށްފައިވާ ފޯމް އީސީއަށް ހުށަހަޅަން ޖެހެ އެވެ. އެގޮތުން ކޮންގްރެސް ޕާޓީން ވެސް ވަނީ މީގެ ދެ ހަފްތާ ކުރިން 4000 ފޯމް އެ ކޮމިޝަނަށް ހުށަހަޅައިފަ އެވެ.

ނަމަވެސް "އަވަސް" އަށް ކަށަވަރުވެފައިވަ ގޮތުގައި ކޮންގްރެސް އިން ހުށަހެޅި ފޯމްތައް ތަފާތު އެކި މައްސަލަތަކާ ހެދި ސައްހަ 3000 ފޯމް ހަމައެއް ނުވެ އެވެ. އެކަން އީސީ އިން ކޮންގްރެސް ޕާޓީއަށް އެންގުމުން އެ ޕާޓީން ވަނީ އިތުރު ހާހަކަށްވުރެ ގިނަ ފޯމް އެ ކޮމިޝަނަށް އަލުން ހުށަހަޅައިފަ އެވެ.

އެކަމާ ބެހޭ ގޮތުން "އަވަސް" އިން ސުވާލު ކުރުމުން އިސީގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ކޮންގްރަސް ޕާޓީ އިން ހުށަހެޅި ފޯމްތައް ޗެކް ކުރަމުން އަންނަ ކަމަށާއި އެކަން ނިމުނުހާ އަވަހަކަށް ޕާޓީއަށް ހުއްދަ ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އީސީ އިން މީގެ ކުރިން ވެސް ވަނީީ ކޮންގްރަސް ޕާޓީ އިން ވަގު ފޯމްތަކެއް ހުށަހަޅާފައިވަ ކަމުގެ ޝަކުވަ އެ ކޮމިޝަނަށް ލިބެމުން އަންނަ ކަމަށް ބުނެފަ އެވެ. އަދި އެ މައްސަލަތައް ބަލަން ހާއްސަ ޓީމެއް ނަގައިގެން ފޯމްތައް ވެރިފައި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އީސި އިން ބުނެފައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން ކޮންގްރަސް ޕާޓީގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. ނަމަވެސް އެ ޕާޓީ އިން ކުރިން ބުނެފައި ވަނީ ފިންގާ ޕްރިންޓު ރަނގަޅަން ނުޖެހުން ފަދަ ކުދި ކުދި ބައެއް މައްސަލަތައް ހުރި ކަމަށް އީސީ އިން ބުނެފައިވާ ކަމަށެވެ. އަދި އެކަންކަން ހައްލު ކުރަމުން އަންނަ ކަމަށް ކޮންގްރަސް ޕާޓީ އިން ވަނީ ބުނެފަ އެވެ.