ށ. މިލަންދޫ ކައުންސިލް އިދާރާގެ ދޮރުމައްޗަށް މަހުލޭ އަޅައިފި އެވެ.
ފުލުހުން ބުނީ ރޭގެ ވަގުތެއްގައި މިލަންދޫ ކައުންސިލް އިދާރާއަށް ވަންނަ ދޮރުމައްޗަށް މަހުލޭ އަޅާފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 7:00 ގައި ކަމަށާއި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާ ނުކުރެ އެވެ.
ކައުންސިލްގެ އިދާރާއަށް މަހުލޭ އަޅާފައިވާއިރު، މީގެ ކުރިން ބައެއް ކައުންސިލްތަކަށް ގެއްލުން ދިނުމުގެ ގޮތުން ކަޅުތެޔޮ ޖެހުން ފަދަ ކަންކަން ހިނގަ އެވެ.