މިލަންދޫ

ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި

Feb 18, 2022

ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ނ. މަނަދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހުއްޓުވުމުން ފުލުސް މީހާއަށް އިންޒާރުދީފައިވާ ކަމަށެވެ. އަދި ރޭ ދަންވަރު ފުލުސް މީހާގެ ސައިކަލްގައި ރޯކޮށްލާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާ ކަމަށްވެސް ބުންޏެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ހިންގާ ކަމަށެވެ.

ފުލުސް މީހާގެ ސައިކަލްގައި ރޯކޮށްލާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި ފެންނަނީ މީހަކު އައިސް ސަައިކަލު މައްޗަށް ޕެޓްރޯލް އަޅާ ރޯކޮށްލާ މަންޒަރެވެ.