ހަބަރު

މަސްބާނަން ދިޔަ ބަޔަކު މަސްތުވާތަކެތި ހޮވައިފި

ބ. ތުޅައިދު ވިލުތެރޭގައި މަަސް ބާނަން އުޅުން ބަޔަކު މަސްތުވާތަކެތި ހޮވައިގެން ފުލުހަށް ރިޕޯޓުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 12:00 ހާއިރު ތުޅައިދު ވިލުތެރޭގައި މަސް ބާނަން އުޅުން ޑިންގީއަކުން ހޮވާފައި ވަނީ ވީޑު ކަމަށް ބެލެވޭ ހަތަރު ޕެކެޓު ކަމަށެވެ. އެތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަ ކަމަށެވެ.

ވީޑު ފެނުން ސަރަހައްދު އިތުރަށް ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.