ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

ފަޅު ރަށްތައް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފި

ފިޝަރީސް މިނިސްޓްރީން އިން ފަޅު ރަށްތަށް ކުއްޔަށް ދިނުން ވަގުތީ ގޮތުން މެދުކަޑާ ލައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ފަޅު ރަށްތައް ކުއްޔަށް ދިނުމާބެހޭ ގާނުނޫގެ 11 ވަނަ މާއްދާގެ ދަށުން އިއުލާންނުކޮށް ފަޅު ރަށްތަށް ކުއްޔަށް ދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

މީގެ އިތުރުން ވަރުވާއަށް ފަޅު ރަށްރަށް ހޯދަން އެދި މިނިސްޓްރީ ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް އެގްރިމެންޓް ނުކުރެވި ހުރި ރަށްތަކުގެ ވެސް އެގްރިމެންޓް ކުރުމުގެ ކަންތައް ވަގުތީ ގޮތުން މަޑު ޖައްސާލައިފައިވާ ކަމަށެވެ.