ހަބަރު

މަދަނި ޖަމިއްޔާތަކަށް މާލީ އެހީ ހޯދަން ފޯރަމެއް ބާއްވަނީ

މަދަނީ ޖަމިއްޔަތައް ބާރުވެރި ކުރުވާ މަލީ އެހީތެރިކަން ހޯދުމަށް މަގުފަހި ކުރުމުގެ ގޮތުން ހާއްސަ ފޯރަމެއް ބާއްވަން ސަރުކާރުން ނިންމައިފި އެވެ.

ހޯމް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އިން ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމެއްގައި ހޮމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މިދިޔަ ދުވަސްތަކުގައި މަދަނީ ޖަމިއްޔާތަކުން ކޮށްފައިވާ ބުރަ މަސައްކަތްތަކަށް ބަލާއިރު އެ ފަރާތްތަކަށް އެކަށީގެންވާ މިންވަރަށް އެހީތެރިވެ އެއްބާރުލުން ދީފައި ނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެކަން ބަދަލު ކުރާނެ ކަަމަށާއި ޖަމިއްޔަތަކާ މަޝްވަރާކޮށް އެކުވެރި މާހައުލެއްގައި ސަރުކާރުން މަސައްކަތް ކުރަނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

އެގޮތުން މަދަނީ ޖަމިއްޔާތައް ބާރުވެރި ކުރުވުމުގެ ގޮތުން ޖަމިއްޔާތަކުގެ ހާއްސަ ފޯރަމެއް ބާއްވަން ނިންމާފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ. އެ ފޯރަމް ބޭއްވުމުގެ ބެނުމަކީ ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުން ކަމަށާއި ޖަމިއްޔާތަކުގެ ހަރަކާތްތައް ހިންގުމަށް މާލި އެހީތެރިކަން ލިބޭނެ ގޮތްތަކަށް މަގުފަހިކޮށްދިނުން ހިމެނޭ ކަމަށް އިމްރަން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ސަރުކާރާ ހަވާލުވުމަށް ފަހު މިދިޔަ މުއްދަތުގެ ތެރޭގައި ޖަމިއްޔާތަކާ ވަރަށް ގާތްކޮށް މަސައްކަތްކޮށްފައި ވާނެ، އަދި ސަރުކާރުން ފާހަގަކޮށްދައިވަ މުހިންމު ހުރިހާ އިވެންޓުތަކެއްގައި ވެސް ޖަމިއްޔާތަކުގެ ބައިވެރިވުން ވަރަށް ބޮޑަށް އޮންނާނެ، މިހާރު ސަރުކާރުގެ ގިނަ ޕޮލިސީތައް އެކުލަވާލުމުގައި ފޯރަމްތައް ބައްވާ، މި މަސައްކަތް އިތުރަށް ފުޅާ ވެގެން ދާ މިންވަރަކަށް ސަރުކާރުގެ މުހިންމު ސިޔާސަތުތައް އެކުލަވާލައިރު މަދަނި ޖަމިއްޔާ ޖަމާއަތްތައް ހިމެނޭ ގޮތަށް އެ ފުރުސަތު ތަނަވަސް ކުރުމަށްޓަކައި މި 100 ދުވަހުގެ ތެރޭގައި މަސައްކަތް ފަށައި މިގަންނަނީ،" އިމްރާން ވިދާޅުވި އެވެ.

"ހަވެލި" ނަމުގައި ކުރިޔަށް ގެންދާ އެ ފޯރަމް އޮންނާނި މާޗު މަހު 16 ވަނަ ދުވަހުން ފެށިގެން 18 އާ ހަމައަށް ކަމަށް އިމްރާން ވިދާޅުވި އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވި މީގެ ކުރިންވެސް މިފަދަ ބައެއް ފޯރަމްތައް ބާއްވާފައިވީ ނަމަވެސް ހަވެލި ވެގެން ދާނީ ޖަމިއްޔާތައް ބާރުވެރި ކުރުމަށް ވެގެންދާ އާ ފެށުމަކަށް ކަމަށެވެ. މަދަނީ ޖަމިއްޔާތައް ބާރުވެރި ކުރުމަކި ރައީސް އިބްރާހިމް މުހައައްމަދު ސޯލިހު ވަރަށް އިސްކަމެއް ދެއްވައިގެން ކުރައްވަން އެދިވަޑައިގެންފައިވާ ކަމެއް ކަމަށާއި އެގޮތުން ސަރުކާރުގެ މަސައްކަތްތަކުގައި ވަަރަށް ބޮޑަށް އެ ޖަމިއްޔާތަކުގެ ބައިވެރިވުން ހިމަނަން ނިންމާފައިވާ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މުޖުތަމައުގަ ވަރަށް ބޮޑު ދައުެއް އަދާ ކުރާ، އަދި މިހާރު ވެސް ކުރިން ވެސް ބޮޑު ދައުރެއް އަދާކޮށްދޭ ބައެއް އަދި ކާމިޔާބީތަކާއި ނަތީޖާތަކެއް ހާސިލްކޮށްފައިވާަ ބައެއް ޖަމިއްޔާތަކަކީ އެކިއެކި ކަންކަމަށް އަމާޒުކޮށްގެން އެކިކަހަލަ ކަންތައްތައްކޮށްދެ، މިކަމަށް އަޅުގަނޑުމެންގެ އެހީތެރިކަމެއް ލިބިއްޖެ ނަމަ އިތުރު ފުރިހަމަ ކަމެއް ލިބިގެން ދާނެ،" މަހުލޫފް ވިދާޅުވި އެވެ.

މަދަނީ ޖަމިއްޔާތަކަށް ހާއްސަ ފޯރަމެއް ބޭއްވުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.