އިމްރާން އަބްދުﷲ

މުޖުތަމައެއްގެ މައިބަދައަކީ ޒުވާނުން: އިމްރާން

Oct 27, 2019
4

މުޖުތަމައެއްގެ މައިބަދައަކީ ޒުވާނުން ކަމަށް ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އއ. މަތިވެރީގައި ނިންމާލ،ި ޒުވާން ލީޑަރުންގެ ފޯރަމްގައި އއ. އަތޮޅުގެ ޒުވާނުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އިމްރާން ވިދާޅުވީ މުޖުތަމައެއް ކޮޅަށް ތެދުވާނީ އަދި އެ ގައުމެއް ކުރިއަށްދާނީ ޒުވާނުންގެ މައިބަދާގައި ވަރުހުރި ވަރަކުން ކަމަށެވެ.

އަދި މުޖުތަމައެއްގެ ކުރިމަގު ބައްޓަންކޮށް ކުރިމަގު ދައްކުވައި ދޭނީ އެވަގުތެއްގައި އެ މުޖުތަމައުއެއްގައި ތިބޭ ޒުވާނުންގެ ހާލަތުން ކަމަށެވެ. ޒުވާނުން ތިބިގޮތް ފެނުމުން އެ މުޖުތަމައުއެއްގެ ކުރިމަގު އެނގޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

" އެހެންކަމުން އަޅުގަނޑުމެންގެ މިމުޖުތަމައުގެ ޒުވާނުންގެ ދުޅަހެޔޮކަމާ ފަންނާ ހުނަރު އިތުރުކޮށް ދިނުން އެއީ މާދަމާ މި ގައުމުގެ މުސްތަގުބަލް އުޖާލާ ކުރަން ބޭނުންނަމަ އަޅުގަނޑުމެން އެންމެ ކުރަންޖެހޭ ކަމެއް. މާދަމާ އަޅުގަނޑުމެން އުފާވެރިވާން ބޭނުންނަމަ، ހިތްހަމަޖެހިގެން އުޅެން ބޭނުންވާނަމަ އަޅުގަނޑުމެން މުޖުތަމައުގައި ތަނަވަސްކަމާ ތިޔާގިކަން އޮންނަން ބޭނުންނަމަ އަޅުގަނޑުމެން އެކަން ފުރަތަމަ ފަށަން ޖެހެނީ އަޅުގަނޑުމެންގެ ޒުވާނުންގެ ކިބައިން" އޭނާ ވިދާޅުވި އެވެ.