ވިޔަފާރި

ގޭމް ފުރަތަމަ ފަހަރަށް ގެސްޓްހައުސްތަކާއެކު ބޭރުގެ ފެއާއަކަށް

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ފުރަތަމަ ފަހަރަށް ބޭރުގެ ފެއާއެއްގައި ބައިވެރިވެއްޖެ އެވެ.

ރާއްޖޭގެ ރަށު ޓޫރިޒަމްގެ ކަންކަމުގައި ހަރަކާތްތެރިވާ ޖަމިއްޔާއިން ފުރަތަމަ ފަހަރަށް ބައިވެރިވެފައިވަނީ އިންޑިއާގައި މިހާރު ކުރިއަށްދާ އޯޓީއެމް ފެއާގަ އެވެ. ސަރުކާރުގެ މާކެޓިން ކުންފުނި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ

ސަރުކާރުގެ މާކެޓިން ކުންފުނި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއެކު އިންޑިއާގައި މިހާރު ކުރިއަށްދާ އޯޓީއެމް ފެއާގައި ބައިވެރިވެފައިވަނީ ގޭމްގެ ނައިބް ރައީސް މޫސާ ނާސިހު އެވެ.

ފެއާގައި ހުންނެވި ނާސިހު "އަވަސް" އަށް ވިދާޅުވީ އިންޑިއާގެ އެންމެ ބޮޑު ފެއާގައި ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ ލޯކަލް ޓޫރިޒަމް ޕްރޮމޯޓް ކުރުން ކަމަށެވެ.

"މިފެއާގައި ބައިވެރިވަމުންދާއިރު އިންޑިއާ މާކެޓު ވަނީ ވަރަށް ބޮޑަށް ފުޅާވެފަ. ހާއްސަކޮށް އިންޑިއާގެ އިންޑިގޯ އެއާލައިންސް އާއި ގޯއެއާއިން ފެށުމުން އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑުތަން އިތުުރުވެފައި،" ނާސިހު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 90،474 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު ނުވަ ޕަސެންޓުގެ އިތުރުވުމެކެވެ.