ހަބަރު

މަރުތަކާބެހޭ ކޮމިޝަނަށް މެންބަރަކު އައްޔަންކޮށްފި

މަރާލާފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަ ބެލުމަށް އުފައްދަވާފައިވާ ކޮމިޝަނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިތުރު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

މަރުތަކާބެހޭ ކޮމިޝަނަށް ރައީސް މިއަދު އައްޔަން ކުރައްވާފައިވަނީ މއ. ގޯލްޑަންމޫން އަހުމަދު ނާޝިދެވެ.

އަހުމަދު ނާޝިދަކީ ގިނަ އަހަރުތަކެއްވަންދެން ރާއްޖޭގެ ގައުމީ ދިފާއީ ބާރާއި ފުލުހުންގެ އިދާރާގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އަދި މާރާލެވިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ އިސްވެރިޔާގެ ދައުރުވެސް އޭނާ ވަނީ އަދާކޮށްފަ އެވެ.

އަހުމަދު ނާޝިދު ވަނީ ކުށް ތަހުގީގުރުމުގެ ދާއިރާއިން ތާފާތު އެކި ތަމްރީނުތަށް ވެސް ހާސިލްކޮށްފަ އެވެ. އޭގެ ތެރޭގައި އިންޑިޔާގެ ހައިދުރައާބާދުގައި ހުންނަ ސެންޓްރަލް ޑިޓެކްޓިވް ސްކޫލުން ސްއެޑްވާންސްޑް ސައިންޓިފިކް މެތަޑްސް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޯހާއި ފްރާންސްގެ ލައިއޮންސްއިން އިންޓަޕޯލް ނެޝަނަލް ސެންޓްރަލް ބިއުރޯ އޮފިސަސް ޓްރެއިނިންއާ ސިންގަޕޫރާއި ޖަޕާނުން ކޮބަން ސިސްޓަމް އޮފް ޖަޕާން އެންޑް ނެއިބަހުޑް ޕޮލިސް ޕޯސްޓް ސިސްޓަމާ ބޭހޭ ތަމްރީންތައްވެސް ހާސިލް ކުރެއްވި އެވެ.

އަހުމަދު ނާޝިދު އެކޮމިޝަނަށް އައްޔަން ކުރައްވާފައިވަނީ އެކޮމިޝަންގެ މެންބަރުކަމުގައި ހުންނެވި އަބްދުﷲ މުނާޒް މިދިޔަ މަހު އިސްތިއުފާ ދިނުމުންނެވެ. އޭނާއަށް ވަނީ ކަރެކްޝަންގެ ވެރިޔާގެ މަގާމު ދީފަ އެވެ.