ހަބަރު

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއަށް ދެ ބޭފުޅަކު އައްޔަންކޮށްފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވާލައްވާފައިވާ ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއަށް ދެ ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ސޯލިހު އެކުލަވާލާފައިވާ "ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީ" ގެ މެންބަރު ކަމަށް ގ. ނޫމަރާވިލާ ޝީރީން ނާހިދާ ލަތީފާއި، މ. ގަސީމު ފާތިމަތު ރަޝީދާ އައްޔަންކޮށްފައިވާ ކަމަށެވެ.

އެ ދެބޭފުޅުން އެ ކޮމިޓީގެ މެންބަރުކަމަށް ޢައްޔަނުކުރައްވާފައިވަނީ އެ ކޮމިޓީގެ މެންބަރުކަމުން އައްޑޫ ސިޓީ މީދޫ، ގްރީންވިލާ ފާތިމަތު ސާއިރާ އާއި ގ. ދާސްތާން ނުޒްހާ އަލީމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ފުލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގައި މިހާރު ތިއްބަވަނީ، މުހައްމަދު މުއިއްޒު އަދުނާނާއި، ޝީރީން ނާހިދާ ލަތީފާއި، ފާތިމަތު ރަޝީދާއާއި، އަހުމަދު ތޮލާލްގެ އިތުރުން ބަންޑާރަ ނައިބްގެ އޮފީހުގެ ވަކީލެއްގެ ހައިސިއްޔަތުން އަލީ ޝުހައިލް މުހައްމަދެވެ.