ރައްޔިތުންގެ މަޖިލިސް

މަޖިލީޙުގެ ގަވާއިދު ބަދަލުކުރަން އެމްޑީޕީން ޑްރާފްޓެއް ލިޔެފި

Jan 24, 2019
5

ނަޒާހަތްތެރި ގޮތެއްގައި ރައްޔިތުންގެ މަޖިލިސް ކުރިޔަށް ގެންދާނެ ހާއްސަ ގޮތްތަކެއް ހިމަނައި ރައްޔިތިންގެ މަޖިލީސް ހިންގާނެ އާ ގަވާއިދެއް އެމްޑީޕީން އެކުލަވާލައިފި އެވެ.

މިކަން އާންމު ކުރެއްވީ ރާއްޖެ ޓީވީން މިއަދު ހެނދުނު ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެ މަނިކުފާނަކީ އެމްޑީޕީގެ ރައީސްވެސް މެއެވެ.

އެ ޕްރޮގްރާމްގައި ނަޝީދު ވިދާާޅުވީ މިހާރު ރައްޔިތުންގެ މަޖީލިހުގައި އޮތް ގަވާއިދު ބަދަލުކުރަން ޖެހޭ ކަމަށާއި އެ ބަދަލުވުމުން އެ މަޖިލީހުގެ މެމްބަރުންގެ ކަންކަން ހާމަކަން ބޮޑުވުމާއެކު މަޖިލީހުގެ ނަޒާހަތްތެރިކަން ވެސް ބޮޑުވާނެ ކަމަށެވެ. އެކަމަށް މިހާރު މިހާރު އެމްޑީޕީން ޑްރާފްޓް ގަވައިދެއް އެކުލަވާލާފައިވާނެ ކަމަށެވެ.

"އެމްޑީޕީން ގަވައިދުގެ ޑްރާފްޓެއް އެކުލަވާލައިފިން އެ ޑްރާފްޓް އާ މަޖިލީހުގެ ކެމްޕެއިންގައި ނެރޭނެ،" މިފަހަރުގެ އިންތިހާބުގައި މައްޗަންގޮޅީ މެދު ދާއިރާއަށް ވާދަ ކުރައްވަން ނިންމަވައި ކެމްޕޭން ފައްޓަވާފައި ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ މީގެ ކުރިން މަޖިލީހުގައި މާލޭގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ.