ބޭރު ކުޅިވަރު

ބޮޑެތި ކުލަބުތަކުން ކަޅިއަޅަމުން ދިޔަ ޑި ޔޮންގް ބާސާއަށް ސޮއިކޮށްފި

Jan 24, 2019

ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން ކަޅިއަޅަމުން ދިޔަ އަޔެކްސްގެ ޒުވާން މިޑްފީލްޑަރު ފްރެންކީ ޑި ޔޮންގް ސްޕައިންގް ގެ ބާސަލޯނާއަށް ސޮއިކޮށްފި އެވެ.

ޑިފެންސަށް ވެސް ކުޅެވޭ ނެދާލަންޑްސްގެ ޑި ޔޮންގް ބާސާއަށް ސޮއިކޮށްފައިވަނީ 65 މިލިއަން ޕައުންޑަށެވެ. ނަމަވެސް، އޭނާ ބާސާ އާއި ގުޅޭނީ އަންނަ ސީޒަނުން ފެށިގެންނެވެ. މި ސީޒަނުގެ ބާކީއޮތް ބައި 21 އަހަރުގެ ޑި ޔޮންގް އަޔެކްސް ގައި މަޑު ކުރުމަށް ދެ ކުލަބުން ވަނީ އެއްބަސްވެފަ އެވެ.

މެންޗެސްޓާ ސިޓީ އަދި ޖުވެންޓަސްގެ އިތުރުން ޕީއެސްޖީން ވެސް ޑި ޔޮންގް ގެ ސޮއި ހޯދުމަށް މަސައްކަތް ކުރި ކަމަށް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

މީގެ ހަތަރު އަހަރު ކުރިން އަޔެކްސް އާ ގުޅުނު ޑި ޔޮންގް ވަނީ ޑަޗު ލީގުގައި މިހާތަނަށް 65 މެޗު ކުޅެފަ އެވެ.