އެކްސިޑެންޓް

އެކްސިޑެންޓްގައި ފައި ބިނދުނު މީހާގެ ހާލު ރަނގަޅު

ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭގައި އިއްޔެ ހިނގި އެކްސިޑެންޓުގައި އަނިޔާވެ ފައި ބިނދުނު މީހާގެ ހާލު ރަނގަޅު ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

"އޭނާގެ ހާލު މިހާރު ސްޓޭބަލް، ވާޑްގައި ބާއްވައިގެން މިހާރު ފަރުވާ ދެމުންދަނީ،" އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

މި އެކްސިޑެންޓް ހިނގީ ހައިވޭގައި ދަތުރުކުރަމުން ދިޔަ ވޭނަކާއި ސައިކަލެއްޖެހިގެނެވެ. އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލް ދުއްވަން ހުރި 65 އަހަރުގެ ގއ. ކޮލާމާފުށި އަށް ނިސްބަތްވާ މީހަކަށެވެ.

އޭނާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ އާސަންދަ ކުންފުނިން ހިންގާ ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ. އެކްސިޑެންޓުގައި އެ މީހާގެ ވާތުފައިގެ ކުޑަހުޅުގެ ކަށިގަނޑު ބިންދައިގެން ގޮސް ކަށިގަނޑު ބޭރަށް ނުކުމެފައި ވެއެވެ.