ސިނަ މާލެ ބްރިޖް

ބުރިޖުގެ ސްޕީޑް ކެމެރާތައް ހޯދަން އިއުލާންކޮށްފި

ސިނަމަލޭ ބްރިޖުގައި ހަރުކުރަން ނިންމާފައިވާ ސުޕީޑް ކެމެރާތައް ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުން ބުނީ ބުރިޖުގައި ހަރުކުރަން ނިންމާފައިވާ ކެމެރާތަކާއެކު ބްރިޖުގައި ދުއްވާ އުޅަނދުތަކުގެ ސްޕީޑް ބެލޭނެ ކަމަށާއި އެ ކެމެރާތަކާއެކު އެކަމަށް ބޭނުންވާ އެހެނިހެން ސާމާނު ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

ބްރިޖަށް ހޯދަނީ 77 ސަވެއަލަންސް ކެމެރާ އެވެ. އެއީ ބްރިޖާއި ހައިވޭއަށެވެ.

"ކެމެރާތަށް ހޯދަން އިއުލާންކޮށްފައި ވާނީ އަދި އެ ޕްރެޖެކްޓަށް ބޭނުންވާ އެހެން ސާމާނުތަށްވެސް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން" އޭނާ ވިދާޅުވި އެވެ.