މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ލޭބާ ޕާޓީ) ގެ ޓިކެޓުގައި މަޖިލިހަށް ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ޕާޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ޕާޓީގެ ޓިކެޓަށް އެދުމުގެ ފުރުސަތު ހުޅުވާލުމުގެ އިތުރުން އަމިއްލަ ގޮތުންނާއި އެހެން ސިޔާސީ ޕާޓީތަކުގެ ޓިކެޓްގައި މަޖިލިހަށް ވާދަ ކުރާ ފަރާތްތައް ވެސް ލޭބާ ޕާޓީގެ ތާއީދު ހޯދަން އެދުުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.