އިމިގްރޭޝަން

ރީލޯޑާއި ރާސްޓަސް ހޯދަން ނުގުޅާނެ: އިމިގްރޭޝަން

މޯލްޑިވްސް އިމިގްރޭޝަން އިން ފޯރުކޮށްދޭ އެއްވެސް ހިދުމަތަކާ ގުޅިގެން ރީލޯޑް ނުވަތަ ރާސްޓަސް ކުރަން ނޭދޭނެ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިމިގްރޭޝަނުގެ ނަމުގައި މެސެޖްކޮށް ގެނައި ގުޅައިގެން ސައްހަ ނޫން މައުލޫމާތު ފޯރުކޮށް، ރީލޯޑާއި ރާސްޓަސް ކުރަން އެދޭ ކަމުގެ ޝަކުވާތައް އެކި ފަރާތްތަކުން ހުށަހަޅަމުންދާ ކަމަށެވެ.

އަދި ބުނީ އިމިގްރޭޝަނުން ފޯރުކޮށްދޭ އެއްވެސް ހިދުމަތަކާ ގުޅިގެން ރީލޯޑް ނުވަތަ ރާސްޓަސް ކުރަން ހިދުމަތް ހޯދާ ފަރާތްތަކުގެ ކިބައިން ނޭދޭނެ ކަމަށެވެ. އިމްގްރޭޝަންގެ ނަންމަތީ ގުޅައި ޕާސްޕޯޓްް އަދި އެހެނިހެން ހިދުމަތްތަކުގެ މައުލޫމާތު ސާފުކުރަން އެދޭނަމަ، އެ ނަންބަރަކީ އިމްގްރޭޝަންގެ ނަންބަރެއްތޯ ކަށަވަރު ކުރުމަށް ވެސް އެ ބަޔާނުގައި އެދިފައި ވެއެވެ.