ހަބަރު

އެއާޕޯޓުގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 10:30 އެހާކަންހާއިރު މޯލްޑިވިއަންގެ ވެހިކަލްއަކާއި އެއާޕޯޓުގެ ސްޓާފަކު ދުއްވާފައި ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އެ ހާދިސާގައި ސައިކަލުގައި އިން މީހާއަށް އަނިޔާވެފައިވާ ކަމަށާއި އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ އޮފިޝަލަކު "އަވަސް"އަށް ވިދާޅުވީ އެއާޕޯޓުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ކަކުލު ހުޅު ޑިސްލޮކޭޓުވެފައިވާ ކަމަށެވެ. އަދި އޭނާއަށް ފަރުވާ ދެމުން އަންނަ ކަމަށާއި އިތުރު ބޮޑެތި އަނިޔާއެއް ލިބިފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.