މޯލްޑިވްސް ޕޮލިސް ސާވިސް

ވީއައިއޭއަށްދާ މަގުގައި ކާރު އެކްސިޑެންޓެއް ހިނގައިފި

Oct 11, 2019

ވެލާނާ އިންޓަނޭޝަނަލް އެއާ ޕޯޓަށް (ވީއައިއޭ) އަށް ދާ މަގުގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް، އެ މަގުން ދަތުރު ކުރި އެހެން ކާރެއްގައި ޖެހި އެކްސިޑެންޓް ވެއްޖެ އެވެ. މި ހާދިސާގައި މީހަކަށް ގެއްލުން ވެފައެއް ނުވެ އެވެ.

ފުލުހުން މިރޭ ބުނީ ވީއައިއޭއަށް ދާ މައި މަގުގެ އުތުރުން ދެކުނަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ޕްރައިވެޓް ކާރެއްގެ ނުބައި ފަޅިން ޓެކްސީއެއް އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި އެ ޓެކްސީގައި ޖެހި ކޮންޓްރޯލްނުވެ މަގުން ބޭރަށް ގޮސްފައިވާ ކަމަށެވެ.

މިއަދު ހަވީރު 5:00 ޖަހާ އެހާކަންހާއިރު ހިނގި މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން ގެންދަނީ ބަލަމުންނެވެ. ފުލުހުން ބުނީ އެކްސިޑެންޓްވި ދެ ކާރަށްވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.