އެކްސިޑެންޓް

އެކްސިޑެންޓްވުމުން މަޑުނުކުރި ޓެކްސީ ޑްރައިވަރަކަށް ފިޔަވަޅު އަޅައިފި

ޓެކްސީއަކާއި ސައިކަލެއްޖެހިގެން ހިނގި އެކްސިޑެންޓެއްވެ އެކަކަށް އަނިޔާވުމުން މަޑުނުކޮށް ދިޔަ ޓެކްސީއެއް ހޯދައި ފިޔަވަޅު އަޅައިފި އެވެ.

ފުލުހުން ބުނީ ރޭ 8:30 އެހާކަންހާއިރު މާލޭގެ ބޮޑުތަކުރުފާނު މަގުގަައި ހިނގި އެ އެއެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާއަށް އެކިވަރުގެ އަނިޔާތައްވި ކަމަށާއި އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

އަދި ބުނީ ރޭގެ އެ އެކްސިޑެންޓްވެ މީހަކަށް އަނިޔާވުމުން ވެސް މަޑުނުކޮށް ދިޔަ ޓެކްސީ ދުއްވަން އިނީ 32 އަހަރުގެ މީހެއް ކަމަށާއި އެ ޓެކްސީ ހޯދައި އެ ޓެކްސީ ދުއްވި ޑްރައިވަރުގެ ލައިސަންސް މިހާރު ހިފައްހައްޓާފައިވާ ކަމަށެވެ.

މިއެކްސިޑެންޓް ފުލުހުން ގެންދަނީ ތަހްގީގު ކުރަމުންނެވެ.

މިދިޔަ ފެބްރުއަރީ މަހު ސެނަހިޔާ ކައިރީ ކަފިހިހުރަސް މަތީން މަގު ހުރަސް ކުރަން ދިޔަ މީހެއްގެ ގައިގައި ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން ވެސް އެ ޓެކްސީ ދުއްވި ޑްރައިވަރުގެ ލައިސަންސް ޓްރާންސްޕޯޓް މިނިސްޓްރީން ދެ އަހަރަށް ހިފަހައްޓައި ޓެކްސީ ކުރުމުގެ ހުއްދަ ބާތިލު ކުރި އެވެ.