ހަބަރު

ފަންނާނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފި

ފަންނުވެރިންގެ ދަފުތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ނެޝަނަލް ސެންޓާ ފޮ ދި އާރޓްސް (އެންސީއޭ) އިން ހުޅުވާލައިފި އެވެ.

އެންސީއޭއިން ކުރި އިއުލާނުގައި ބުނެފައިވަނީ ފަންނުވެރިންގެ ދާއިރާ ތަރައްގީކޮށް، ފަންނުވެރިންނަށް ބޭނުންވާ ކަންކަން ފަހި ކޮށްދިނުމުގެ ގޮތުން ދަފުތަރެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

ދަފުތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަންނާނުންގެ ރަޖިސްޓްރީ ފޯމް އެންސީއޭގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެ އެވެ.

އެންސީއޭ މިހާރު އޮންނަނީ އަލަށް އުފެއްދި، މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްގެ ދަށުގަ އެވެ.