މާރިޔާ އަހުމަދު ދީދީ

އިންޑިއާގެ އަސްކަރީ އެހީ ނޫނީ ބޭނުމެއް ނުވޭ: މާރިޔާ

Jan 26, 2019
11

އިންޑިއާ ފިޔަވައި އިތުރު އެހެން އެއްްވެސް ގައުމަކުން ރާއްޖެއަށް އަސްކަރީ އެހީތެރިކަން ހޯދަންޖެހޭ އެއްވެސް ސަބަބެއް ވެސް ބޭނުމެއް ވެސް ނެތް ކަމަށް ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އިންޑިއާއަށް އެކަމަނާ ކުރައްވާ ދަތުރުފުޅުގައި "ދަ ހިންދޫ އަށް" ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ އިންޑިއާ އިން އަބަދުވެސް ރާއްޖެ އަށް ދިމާވާ ކަންކަމުގައި އެހީތެރިވާ ކަމަށާއި އެ އެހީތައް ދެނީ އެންމެ ގާތް އަވައްޓެރިޔާގެ ގޮތުގައި ކަމަށެވެ.

އަދ ވިދާޅުވީ ރާއްޖެއިން އިންޑިއާ ދޫކޮށް އިތުރު ގައުމެއްގެ އަސްކަރީ އެހީތެރިކަން ހޯދަން ނުޖެހޭ ކަމަށާއި އެކަން ކުރަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ.

މާރިޔާ ވިދާޅުވީ އިންޑިއާ ކަނޑުގެ ސަރަހައްދަކީ ރައްކާތެރި ސަރަހައްދަކަށް ހަދަން ރާއްޖެ ބޭނުންވާ ކަމަށާއި ގޮތުގައި، އިންޑިއާ ކަނޑަށް އެހެން ބައެއް ބާރު ފެތުރެން ރާއްޖެ ނޭދޭނެ ކަމަށެވެ.

އިންޑިއިން ރާއްޖޭގައި އުދުއްސާ ދެ ހެލިކޮޕްޓަރާބެހޭ ގޮތުން ވެސް އެކަމަނާ އެ ނޫހަށް ވާހަކަފުޅު ދައްކަވާފައިވެ އެވެ. ވިދާޅުވީ އެ ދެ ހެލިކޮޕްޓަރު އެތައް ފަސޭހައެއް ލިބޭ ކަމަށާއި މީގެ ކުރިން އެ ހެލިކޮޕްޓަރުތައް ބާއްވާފައި އޮތީ ކީއްވެގެން ކަން ސާފުނުވާ ކަމަށެވެ.