ލައިފްސްޓައިލް

އޮފީސް ހެދުމުގެ ސްޓައިލް ބަހައްޓަންވީ ސްމާޓްކޮށް!

އޮފީހަށް ދާއިރު އަޅާ ހެދުމަކީ މީހާ އެމީހާގެ ސެލްފް ކޮންފިޑެންސް ބޫސްޓް ވާހަކަހަލަ ހެދުމަކަށް ވާންވާނެ އެވެ. ގިނަ ދިރާސާތަކުން ދައްކާގޮތުގައި ރީތިކޮށް ނަލަކޮށް ހެދުން އެޅުމަކީ މީހާގެ ޕާފޯމަންސް އިތުރު ކޮށްދޭ ކަމެކެވެ. އަޅާ ހެދުމުން މީހާއަކީ މުހިއްމު އަދި ތޫނިފިލިކަމުގެ އިހުސާސެއް ގެންނަނަމަ ހަގީގަތުގައި ވެސް މީހާގެ ސިކުނޑީގެކޮގްނިޓިވް ފަންކްޝަނިން ބަދަލު ކޮށްދެއެވެ.

އަދި އަޅާ ހެދުމުގެ ސަބަބުން އެހެން މީހުން ތިމާއާދޭތެރޭ ދެކޭގޮތް ބަދަލުކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ. މީހުން ތިމާއާ މެދު ދެކޭގޮތް ބަދަލުކުރުމުގެ ބާރު ހެދުން އަޅާގޮތުން ވަރަށް ބޮޑަށް ލިބެއެވެ. މިގޮތުން ސްމާޓް މީހެއްގެ ގޮތުގައި ދެއްކުމަށް ހެދުން އެޅުމުގެ ވައްޓަފާޅި ބަދަލު ކުރެވިދާނެ އެވެ. ބައެއް މީހުން ދެކޭގޮތުގައި ހެދުން އަޅާގޮތް ވަކި ގޮތަކަށް ބެހެއްޓުމަކީ މާއްދީ ކަންކަމަށް މާ ބޮޑު ސަމާލުކަންދިނުމެވެ. އެކަމަކު އެއީ ރަނަގަޅު ވިސްނުމެއް ނޫނެވެ.

ހެދުން އެޅުމުގައިވެސް ބަލަންވީ ކަންތައްތަކެއް ހުރެއެވެ. މިގޮތުން ރަނގަޅަށް ގަޔަށް ހެޔޮވަރުކޮށްފައި ހުންނަ ހެދުންތަކާއި، މޫސުމާއި ގުޅޭ ހެދުމާއި ހާލަތާއި މުނާސަބަތާ ގުޅޭގޮތަށް ހެދުން އެޅުން ވެސް ސަޅިއެވެ. އޮފީހަކަށް ދާނަމަ މި ފަދަ ގޮތްގޮތަށްވެސް ހެދުން އެޅިދާނެ އެވެ.

1 - މިނިމަލިސްޓް ލުކް!

މިއީ ރާއްޖެއާ ގުޅޭ ސިމްޕަލް ލުކެކެވެ. މާ ކަންތައްފަލަ ގޮތް ބޮޑު ހެދުމަށްވުރެ ހައިވެސްޓް އޮފީހަށް ދާން ލާ ސްޓައިލް ތަނބިކަށްޓާއި ހަމައަށް ހުންނަ ހަރުވާޅަކާއި ރީތި ޑިޒައިނެއްގެ އޮފީސް ގަމީހަކުން ބެގީކޮށްލާފައެވެ. ސިމްޕްލް ގަޑިއަކާއި ކޮޅަށް ހިމަ ބޫޓަކަށް އެރުމުން މި ލުކް އިތުރަށް ފުރިހަމަވީ އެވެ.

2 - ގޮޅިޖެހި ފޮތީގެ ހަރުވާޅާއި ހެދުން!

ގޮޅިޖެހި ފޮއްޗަކީ އަބަދުވެސް ފެޝަން އެއްޗެކެވެ. ކޮންމެވެސް އެއްއިރެއްގައި ލާން އަބަދުވެސް ހިޓުއެއްޗެކެވެ. މިދުވަސްކޮޅު އޮފީހަށްދާން ގޮޅި ޖެހި ފޮތީގެ އޮފީސް ހަރުވާޅަކީ ފެޝަނެވެ. ގޮޅި ޖެހި ފޮތީގެ އޮފީސް ހެދުން ވަރަށް ފެޝަންވެފައި ވަރަށް ރަސްމީ ގޮތެއް ހުރެއެވެ. މިއީ ބޮޑެތި މީޓިން ތަކަށާއި ސެމިނާތަކަށް ދާންވެސް ހަމަ ސަޅި ލުކެކެވެ.
އަދި ގޮޅިޖެހި ހެދުމަކީ ބޮޑެތި ކުންފުނިތަކާއި ގުޅޭ ލުކެކެވެ. މި ސްޓައިލް ސްމާޓްވެފައި ސޮފިސްޓިކޭޓެޑެވެ.

3 - ކްރީމް ކުލަ އާއި ބެއިޖު ކުލަ!

މިއީ އޮފީހަށްދާން ދެ ޖިންސަށްވެސް ބަރާބަރު ކުލައެކެވެ. އަންހެންކުދިން ލާންވީ ބެއިޖް ކުލައިގެ ފައިކުރިއަށް ފުޅާ ރޫ ނަގާފައިވާ ހަރުވާޅާއި ގަމީހެވެ. މިގޮތަށް ހެދުން އަޅާއިރު ސިފޯން ނޫނީ ސިލްކް ފޮތިން ހުންނަ ގަމީހެއް މި ލުކް އިތުރަށް ފުރިހަމަ ކޮށްދޭނެ އެވެ.

ފިރިހެނުން ލާންވީ ބެއިޖް ކުލައިގެ ފަޓްލޫނާއި ހުދު ގަމީހެވެ. އަދި މި ކޮމްބިނޭޝަންގައި އަޅައިގަންނަ ގޮތް ހުރުމުގެ އިތުރުން ކޮންފިޑެންޓް އަދި ސްމާޓްގޮތެއް ވެސް ހުރެއެވެ. ބެއިޖް އާއި ދެން ގަދަ ފެހިކުލަ ވެސް ގުޅޭކަމަށް ފެޝަންގެ މާހިރުން ބުނެއެވެ.

4 - ގަދަ ކުލައިގެ ޕްރިންޓެއްގެ ޕެންސިލް ސްކާޓާއި ޕްލެއިން ގަމީހެއް

މިއީ ވަރަށް ބޮލްޑް އަދި ކޮންފިޑެންޓް ލުކެކެވެ. މި ލުކް ސަޅިވަނީ އަބަދު އެއްކުލަތަކެއް ލުމުގެ ބަދަލުގައި ކުޑަކޮށް އޮފްބީޓް ކުލަތަކަކާ ކޮންޓްރާސްޓިން ޓެކްސްޗާ އެއް ގުޅުވާލުމުން "ބޮރިން" ނޫން ހެން ހީވާތީއެވެ. ޕެންސިލް ސްކާޓަކީ ދެން އޮފީހަށް ކޮންމެހެން ވެސް ލާންޖެހޭ އެއްޗެކެވެ. ޕްރޮފެޝަންލް ލުކެއް ނުވަތަ ވޯޑްރޯބްއެއް ފުރިހަމަ ނުވޭ ޕެންސިލް ސްކާޓެއް ނެތިއްޔާ، އެއީ ޔަގީންކަމެކެވެ.