ވިޔަފާރި

މިލައިދޫ މޯލްޑިވްސްއަށް ޓްރެވަލާސް ޗޮއިސް އެވޯޑް

Jan 29, 2019
މިލައިދޫގައި ހިންގާ މަތީ ފަންތީގެ ރިސޯޓު: މި ރިސޯޓަށް ޓްރިޕް އެޑްވައިޒާގެ ގިނަ ވަނަ ތަކެއް ވަނީ ލިބިފައި- ފޮޓޯ: މިލައިދޫ
66.7%
0%
33.3%

މަތީ ފަންތީގެ ރިސޯޓެއް ކަމަށްވާ މިލައިދޫ މޯލްޑިވްސް އަށް "ޓްރެވަލާސް ޗޮއިސް އެވޯޑް 2019" ލިބިއްޖެ އެވެ.

މިލައިދޫ މޯލްޑިވްސް އިން ބުނީ ޓްރިޕްއެޑްވައިޒާ އިން ދޭ، "ޓްރެވަލާސް ޗޮއިސް އެވޯޑު" ގައި އެ ރިސޯޓަށް ރާއްޖޭގެ އެންމެ ހިދުމަތް ރަނގަޅު ރިސޯޓަކަށް ދޭ ޓޮޕް ބެސްޓް ސާވިސް އެވޯޑު ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން އޭޝިއާގައި ހަތް ވަނައަށް އެންމެ ހިދުމަތް ރަނގަޅު ރިސޯޓުގެ އެވޯޑުވެސް ލިބިފައިވާ ކަމަށެވެ. އަދި ދުނިޔޭގައި އެންމެ ހިދުމަތް ރަނގަޅު 20 ތަނުގެ ތެރޭގައި ވެސް އެ ރިސޯޓް ހިމެނިފައިވެ އެވެ.

މި އެވޯޑުގައި މިލައިދޫއަށް ލިބުނު އެހެން ވަނަތަކުގެ ތެރޭގައި "ޓޮޕް ހޮޓެލްސް އިން މޯލްޑިވްސް" އެވޯޑާއި އޭޝިއާ ހޮޓެލް ރޭންކިންގެ އެންމެ ރަނގަޅު 10 ހޮޓަލުގެ ތެރޭގައި ހިމެނިފައިވެ އެވެ. އަދި ރާއްޖޭގެ ތިންވަނަ އަށް އެންމެ ރޮމޭންޓިކް ހޮޓަލާއި އޭޝިއާގެ އެންމެ ޓޮޕް ވަނަ ލިބިފައިވެ އެވެ.

މިލައިދޫ މޯލްޑިވްސްގެ ބީޗް ޕޫލް ވިލާ- ފޮޓޯ: މިލައިދޫ

ރާއްޖޭގެ ސަގާފީ ގިނަ ކުލަތައް ހިމެނޭ ގޮތަށް ބ. މިލައިދޫ ރިސޯޓު ހުޅުވާފައިވަނީ 2016 ވަނަ އަހަރު އެވެ. ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވްގައި ހިމެނޭ 50 ޕްރައިވެޓް ވިލާގެ މި ރިސޯޓު ފަރުމާކޮށްފައިވަނީ ދިވެހި ފަރުމާ ކުރުންތެރިއެކެވެ. މި ރިސޯޓުގައި ވޯލްޑް ކްލާސް ތިން ރެސްޓޯރެންޓް ހިންގާއިރު، މޫދު ކުޅިވަރުތަކާއި ފިޓްނަސް ސެންޓަރެއްގެ އިތުރުން ސްޕާއެއްވެސް ހުރެ އެވެ.

މިލައިދޫ މޯލްޑިވްސްގެ ވޯޓާ ޕޫލް ވިލާ- ފޮޓޯ: މިލައިދޫ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން ފުރައިގެން 35 މިނެޓުން ދެވޭ ރާސްތާގައި އޮންނަ މިލައިދޫ ރިސޯޓަކީ ސްމޯލް ލަގްޒަރީ ހޮޓެލްސް އޮފް ދި ވޯލްޑުގެ މެންބަރެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
January
SunMonTueWedThuFriSat
2930311234567891011121314151617181920212223242526272829303112345678