ހަބަރު

ދީނުގެ ހިމާޔާތުގައި އަޅަން ޖެހުނު ފިޔަވަޅެއް އަޅާނަން: އިމްރާން

Jan 29, 2019
20

އިސްލާމް ދީނާއި ގައުމުގެ ހިމާޔަތުގައި ވާން ޖެހުނު ގުރުބާނީއެއް ވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވިއިރު ދީނަށް ފުރައްސާކުރުމާއި މީހުންނަށް އިންޒާރު ދިނުމުގެ މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށެވެ.

އިމްރާން މިއަދު ވިދާޅުވީ ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވާން ޖެހުނު ކޮންމެ ގުރިބާނީއެއް، އަޅަން ޖެހުނު ކޮންމެ ފިޔަަވަޅެއް އަޅުއްވާނެ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދީނަށް ފުރައްސާރަ ކުރުން އިތުރުވެފައިވާއިރު އެކަމަށް ހަރުކަށި ފިޔަވަޅުތަކެއް ނާޅާތީ، އަދާލަތު ޕާޓީގެ ރައީސްކަން ވެސް އިމްރާނަށް ފާޑުކިޔުން އަމާޒުވި އެވެ. ނަމަަވެސް ފުލުހުން ގެންދަނީ އެ މައްސަލަތައް މިހާރު ވެސް ތަހުގީގު ކުރަމުންނެެވެ.