ނުވަދިހައިގެ އަހަރުތަކަކީ ދިވެހިން ވަރަށް އާދައިގެ ދިރިއުޅުމެއް ހޭދަކުރި ދުވަސްކޮޅެކެވެ. އެއްޗެހީގެ އަގު އިންތިހާ އަށް ބޮޑު ނޫނަސް ލިބޭ މުސާރަކޮޅު ކުޑަވުމުން ކިރިޔާ ދެން އުޅެލެވޭނީ އެވެ. އަދި އޭރު އެއީ މާ ފޯރުންތެރިކޮށް ނުވަތަ ދެއްކުންތެރިކަން ބޮޑު ދުވަސްވަރެއް ވެސް ނޫނެވެ. އާދައިގެ ދިރިއުޅުމެއް ވޭތުކުރިޔަސް ވަރަށް ހަމަޖެހިލައިގެން ގިނަ މީހުން އުޅުނު ޒަމާނެކެވެ. އޭރު އެންމެ ހިނގި ކާއެއެއްޗެހި މަތިން ހަނދާން އެބަހުރި ހެއްޔެވެ؟
ޑޮންޑޮން ފުޅި
ސްކޫލް ނިންމާލާފާ ރައްޓެހިންނާއެކު ނުވަތަ އިންޓޯލް ގަޑީގައި ޑޮންޑޮން ފުޅިއެއް ބޯނުލައެއް ދުވަސް ފުރިހަމަ ނުވެއެވެ. އަދި އޭރު އެވަރެއް ހަމަ ނޯވެ އެވެ. ފުޅި ބޯލާފަ ފަހުން ފިހަރާއަށް ފުޅި ގެންގޮސް ދޭންޖެހޭތީ އެ ފުޅި ހިފައިގެންދާ ގޮތް ހަނދާން އެބަހުރިހެއްޔެވެ.
ކްރީމް ކޭކަރު ބިސްކޯދު
މިހާރު ވެސް ކްރީމް ކޭކަރު ހުރެ އެވެ. އެކަމަކު އޭރު ސައިގަޑީގައި މީގެ ބިސްކޯދު ބޮނޑިއެއް ނެތްނަމަ ސައި ބުއި ހެނެއް ހީވެސް ނުވާނެ އެވެ. ބައެއް މީހުންގެ ކްރީމް ކޭކަރުގެ ލޯބި މިއަދާ ހަމައަށް ބަދަލެއްވެސް ނައިސް ކްރީމް ކޭކަރުގެ އެކި ވައްތަރުތަށް އަދިވެސް ސުފުރާއަށް އަރުވަ އެވެ. ހެނދުނު ސަޔަށް ހަވީރު ސަޔަށްވެސް މި ބަރާބަރެވެ.
ސަންކުއިކް ޖޫސް
މެންދުރުގެ އެންމެ އަވި ބާރު ގަޑީގައި ގެއަކަށް ވަދެލިޔަސް ރައްޓެއްސަކަށް ގޮވާލަން ދިޔައަސް ސަންކުއިކް ޖޫސްތައްޓެއް ތަބަކަށް ލާފައި ނުގެންނަ ގެއެއް މަދުވާނެ އެވެ. މީގެ ކިތައް ތަށި ބުއިން ހެއްޔެވެ؟ ސަން ކްއިކްގެ މަޝްހުރު "ފޯޓީ ގްލާސް" މަތިން ހަނދާންވޭ ހެއްޔެވެ؟
ހުސް މައިލޯ ކެއުން
ހުސް މައިލޯ ކެއުމަކީ ބަނޑުހަރުވާ ކަމެކޭ ބުންޏަސް އަޑު އިވޭ ކަމަށް ނުހަދައި ކިތައް ފަހަރަށް މައިލޯ ދަޅުން މައިލޯ ނަގައިގެން ކެވުނު ހެއްޔެވެ؟ މައިލޯ އަށްވެސް އަދިވެސް ލޯބި ޖެހި މިއާއި ދުރުނުވެވޭ ކިތައް މީހުން އެބަތިބި ބާ؟
ކުދި ބަނަސް
ހަވީރު ސަޔަށް ބަނަސް ހެޔޮ ތަ؟ މިހެން އަހާ އަޑު ހަނދާންވޭ ދޯއެވެ؟ މި ހެން އަހާފަ ހިނިގަނޑެއް ޖަހައިލެވެއެވެ. ކުދި ބަނަސް ވެސް މިއީ އޭރު ވަރަށް މަގުބޫލު އެއްޗެއްކެވެ.
ޕިކް ފައިން ޕެކެޓްތަށް
އިންޓޯލަށް ގެންދާ ޕިކްފައިން ޕެކެޓް މިހާރުވެސް ފިހާރައަކުން ފެނިއްޖިއްޔާ ކުޑަ އިރުގެ ހަނދާންތައް އާވާނީ ކިތައް މީހުންގެ ބާވައޭ ހިތަށް އަރާނެ އެވެ. މިހާރުގެ ކުދިންގެ މެދުގައިވެސް މި ޕެކްޓްތައް މަގުބޫލެވެ.
ރޮށްޓާއި ގެރި ކިރު / ރޮއްޓާއި ދޮންކެޔޮ
ގެރި ކިރު ދަޅެއް ހުރިއްޔާ ރޮއްޓާއި ޖަހައިގެން ނޫނީ ކުދި ބަނަހާ ޖަހައިގެން ކާ ހަނދާން ހުރޭ ނޫންހެއްޔެވެ؟ އަދި ރޮޓާއި ދޮންކެޔޮ މިއީ އޭރު މެންދުރު ކެއުމަށްވެސް ރޭގަނޑު ކެއުމަށްވެސް ބަރާބަރު އެއްޗެކެވެ. އަދި ހަކުރުކޮޅެއް ލައިގެން މޮޑެލާއިގެން ހާރު ކެއުމަށްވެސް ހަމަ އެއްވަނައެވެ.