ޕްރޮމޯޝަން

"އިންޑޯމީ ނޫޑްލްސް"ގެ ޕްރޮމޯޝަނެއް ފަށައިފި

މި ޕްރޮމޯޝަންގެ ދަށުން 20 ޕަސެންޓުގެ ފައިދާ އެއް ލިބޭނެ -- އަވަސް ފޮޓޯ: އަހްމަދު ޝުރާއު
0%
0%
100%

ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ އެންމެ ޒަމާންވީ ނޫޑްލްސް އުފައްދާ ކުންފުނީގެ "އިންޑޯމީ ނޫޑްލްސް" ޕެކެޓު ވިއްކާ ލިލީ އިންޓަނޭޝަނަލް އިން ޕްރޮމޯޝަން އެއް ފަށައިފި އެވެ. ލިލީ އިންޓަނޭޝަނަލްއިން އިމްޕޯޓް ކުރާ މި ނޫޑްލްސް ލިބޭނީ މާލޭގެ "ސްޓޮޕް އެންޑް ޝޮޕް" މާޓްގެ އިތުރުން އެހެން ވެސް ބައެއް ރީޓެއިލް ފިހާރަތަކުން އެވެ.

މިއަދުން ފެށިގެން ދެ މަހުގެ މުއްދަތަށް ކުރިޔަށްދާ މި ޕްރޮމޯޝަންގައި "އިންޑޯމީ ނޫޑްލްސް" ގެ ހަތަރު ޕެކެޓް ގަތުމުން އެއް ޕެކެޓުް ހިލޭ ލިބެ އެވެ. އަދި ޕްރޮމޯޝަންގެ ދަށުން 20 ޕަސެންޓްގެ ސޭވިންގް އެއް ލިބޭނެ ކަމަށް ލިލީ އިންޓަނޭޝަނަލް އިން ބުންޏެވެ.

އިންޑޯމީ ނޫޑްލްސް އަކީ ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ ނޫޑްލްސް އެއް -- އަވަސް ފޮޓޯ: އަހްމަދު ޝުރާއު

"އިންޑޯމީ ނޫޑްލްސް" ޕެކެޓް ބަންދުކޮށްފައި ވަނީ ބަންދު ކުރާ ފުޑްގްރޭޑްގެ ޕެކިންގެ އެންމެ މަތީ ފެންވަރުގަ އެވެ. އަދި މިއީ ސިއްހީ ގޮތުން މިފަދަ ތަކެތި ގަތުމުގައި ވެސް ވިސްނާލަން މުހިއްމު ކަމެއް ކަމަށް ލިލީ އިން ބުނެ އެވެ.

މި ނޫޑްލްސް ޕެކެޓަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އިތުރުން ޔޫރަޕްގެ ގިނަ ގައުމުތަކެއްގައި ބޭނުންކުރާ އެންމެ މަޝްހޫރު ނޫޑްލްސް އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345