ހަބަރު

އައްޑޫގައި އިމާރާތަކުން ވެއްޓުނު ކުޑަ ކުއްޖަކު، ސީރިއަސް ހާލުގައި

އައްޑޫ ސިޓީގެ މަރަދޫ ފޭދޫ ގެއެއްގެ ދެވަނަ ބުރިން ކުޑަ ކުއްޖަކު ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ. އެ ކުއްޖާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.

ވެއްޓިފައިވަނީ އުމުރުން ހަތް އަހަރުގެ ފިރިހެން ކުއްޖެކެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކުއްޖާގެ ބޮލަށް ގެއްލުންވެފައިވާ ކަމަށާއި ކުއްޖާގެ ހާލު ސީރިއަސް ކަމަށެވެ. އަދި އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ ކަންތައްތައް ހަމަޖެހިފައިވާ ކަމަށާއި މިރޭގެ ވަގުތެއްގައި މާލެއަށް ފޮނުުވާލެވޭނެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޑޮކްޓަރުން ލަފާ ދެނީ ވީހާވެސް އަވަހަށް މާލެ ފޮނުވުމަށް ކަމަށާއި އެހެންކަމުން ޗާޓާޑް ފްލައިޓެއްގައި ކުއްޖާ މާލެ ގެންދިއުމުގެ ހުރިހާ ކަމެއްވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެކަމަށް އާސަންދަ ވެސް ހަމަޖެހިފައިވާ ކަމަށެވެ.