އަންހެނުން

ފިރިހެން ކުއްޖާގެ ހިތް އަތުލާނީ ކިހިނެތް؟

Dec 29, 2014
2

ފިރިހެނެއްގެ ސަމާލުކަމާއި ޝައުގުވެރިކަން ހޯދަން މަސައްކަތްކުރާއިރު އޭނާ ނޫން އެހެން ފިރިހެނެއްގެ ވާހަކަ އޭނާ ގާތުގައި ދެއްކުމަކީ ހެދޭނެ އެންމެ ބޮޑު ގޯހެވެ. ވަކިން ހާއްސަކޮށް އެހެން ފިރިހެނެއްގެ މޮޅު ކަމާއި މަތިވެރިކަން އަދި ރީތިކަމުގެ ވާހަކަ އެވެ. އަޑުއަހަން އިންނަ ފިރިހެން ކުއްޖާގެ ކަންފަތަކަށް މި ވާހަކަ ފަސޭހައެއް ނުވާނެ އެވެ. މިއީ އަންހެން ކުދިންނަށް އެކަނިވާ ގޮތެއް ނޫނެވެ. ގަބޫލުކުރާށެވެ. ހިތު އަޅައިގެން ތިޔަ އުޅޭ ފިރިހެން ކުއްޖާ އަށް މުހިންމީ ތި ދެ މީހުންގެ ވާހަކަ އެވެ.

ތިބާގެ ރީތި ކަމަށް އެހެން މީހުން ތައުރީފުކުރުމަކީ ތިބާގެ ބައިވެރިޔާ ރުހޭނެ ކަމެކެވެ. އެކަމަކު ތައުރީފު ކުރުމާއި ފްލާޓްކުރުން އޮޅުވާނުލައްޗެވެ. ރީއްޗަށް ހެދުން އެޅުމަކީ ގިނަ ބައެއްގެ ސަމާލުކަން ތިބާ އަށް ހުއްޓޭނެ ކަމެކެވެ. ފާޑުފާޑުގެ ހެދުން އަޅައިގެން ނުކުތުމުން ބައެއް ފިރިހެން ކުދިން ޝަކުވާކޮށްފާނެ އެވެ. ނަމަވެސް ހަގީގަތަކީ، ތިބާގެ ހެދުމާއި އޭގެ ރީތިކަން ފެތުރިފައި އޮންނަ ގޮތް ފެނި ހަސަދަވެރިވާ އަންހެން ކުދިންގެ މިލަ ހިނިތުންވުންތަކުން ތިބާ އަށް ލިބޭ ހިތްހަމަޖެހުމާ އެއްވަރުގެ އުފަލެއް ތިބާގެ ބައިވެރިޔާ އަށް ލިއްބައިދޭނެ ކަމެވެ. އެހެންމީހުންގެ ނަޒަރު ތިބާ އަށް ހުއްޓުމުން، އެއީ ފިރިހެނުން އަދި އަންހެނުން ކަމުގައި ވިޔަސް، އެކަން ވާނީ ފިރިހެން ކުއްޖާ އަށް ލިބޭ ފަހުރަކަށެވެ.

މިއީ ބައެއް އަންހެން ކުދިން ކުރާ ވަރަށް ވެސް ގޯސް ކަމެކެވެ. އޭނާ އަތުގައި ސައިކަލެއް ހުރިތޯ ބަލާކަށް ނުޖެހޭނެ އެވެ. އަދި ސައިކަލެއް ނެތިގެން އޭނާއާ އެކު ބޭރަށް ނުގޮސް ވެސް ނުހުންނަންޗެވެ. އެއީ ހެދޭ ގޯހެކެވެ. ބޭރަށް ދާން ތިބާ ހިތްއެދެނީ ސައިކަލެއްގައި ނަމަ ނުވަތަ ކާރެއްގައި ނަމަ އެކަން ފިރިހެން ކުއްޖާ ފުރިހަމަކޮށްދޭނެ އެވެ. އަދި ކޮފީ ބޯން ބޭނުން ވަނީ ސީ ހައުސް އިން ނުވަތަ ޓްރޭޑާސް އިން ކަމަށްވާ ނަމަ އެކަން ވެސް އޭނާ ހަމަޖައްސާނެ އެވެ. މާ ބޮޑަށް ނުފިއްތާށެވެ. އޭރުން މުށު ތެރެއިން ސޮއްސައިގެންދާ ގޮތް އަވަސްވާނެ އެވެ. އެގޮތަށް އުޅުނީމަ ފިރިހެން ކުއްޖާ އަށް ހީވާނީ އޭނާ "ފެލާލަން" އުޅޭހެންނެވެ. އެހެންވީމާ ބޭނުންވާ އެއްޗެހީގެ ވާހަކަ އެގޮތަށް އަބަދު ނުދައްކާށެވެ. އޭނާ ހޯދައިދޭނެ އެވެ.

ތިޔަ ހިތުލައިގެން އުޅޭ ފިރިހެން ކުއްޖާ ފެނުނު ފުރަތަމަ ދުވަހު ހިމަ ނާރުތަކަށް ކުރި އިހްސާސުގެ ވާހަކަ އޭނާގެ އުނގަށް ބަންޑުންކޮށްލާށެވެ. މި ވާހަކަ ކިތަންމެ ގިނައިން ތަކުރާރުކުރިޔަސް ފިރިހެން ކުއްޖާ ފޫއްސެއް ނުވާނެ އެވެ. އޭނާ ގައިގައި އޮޅުލައިގަނެ، އޭނާ އަށް ލޯބީގެ ބަސްތަކުން ހަމަލާ ދޭށެވެ. އެކަމަކު އޭނާ ލަދު ގަންނުވާނުލައްޗެވެ. އަދި މިކަންތައް ސަޕްރައިޒަކަށް ވެސް ނަހަދައްޗެވެ. އަބަދުވެސް ހިތުގެ އެންމެ ފުންމިނުން އޭނާއާ ބައްދަލުކުރާށެވެ.

މިއީ ފިރިހެން ކުދިންނަށް ވަރަށް ކަމުދާނެ ސިފަ އެކެވެ. ކޮންމެ ފިރިހެން ކުއްޖަކީ އަންހެން ކުދިން ފަދައިން މޭކަޕްކޮށް ފަހުގެ ފެޝަންތަކަށް މަރުދޭނެ ކުއްޖެއް ނޫނެވެ. އެކަހަލަ ކުދިން ވެސް ދެން އުޅެ އެވެ. އެކަމަކު ތިބާ ހިތްކިޔައިގެން ތިޔަ އުޅޭ ފިރިހެން ކުއްޖާ އަކީ އެކަހަލަ ފިރިހެން ކުއްޖަކަށް ނުވާ ނަމަ އޭނާ ލައްވައި ގަދަކަމުން ފަހުގެ ފެޝަންތަކުން ހެދުން ނާޅުއްވާށެވެ. ތިބާ ބޭނުން ގޮތަކަށް ހެދުން އަޅާށެވެ. ތިބާއާ އެއް ފެންވަރަކަށް މޮޅަށް ހެދުން އަޅައިގެން ތިބޭ ފިރިހެން ކުދިންގެ ބަދަލުގައި އާދައިގެ ގޮތަކަށް ހެދުން އަޅައިގެން ހުރެ ތިބާ ގޮވައިގެން ބޭރަށް ދެވޭތީ ފަހުރުވެރިވާނީ ހަމަ ކައިރީގައި ތިހިރަ ފިރިހެން ކުއްޖާ އެވެ. އޭނާގެ އުފަލަށް ބައެއް ކަންތައްތައް ގުރުބާންކުރާށެވެ.

މިއީ ބިޓެއް ސެޓްކުރަން އުޅޭއިރު އަދި ސެޓްކުރުމަށް ފަހު އަދި އިނުމަށް ފަހު ވެސް އޭގެ ވިހައިން މުޅި ހަޔާތުގެ ދުވަސް ދުއްވާލަފާނެ ކަމެކެވެ. ފިރިހެން ރައްޓެހިންނާ ފޭސްބުކުން ޗެޓްކުރުމާއި ފޯނުން ވާހަކަ ދެއްކުމަކީ ބައިވެރިޔާ އެހާ ހިތްހަމަޖެހޭނެ ކަމެއް ނޫނެވެ.

މިއީޓިޕިކަލް ދިވެހިން އުޅޭ ވައްތަރެކޭ" ބުނެފަ ކޫލުވެލައިގެން ހުންނަ މީހާގެ ފެންވަރަކީ ވެސް ހަމަ މިއީ އެވެ. 

ކަމެއް ހިނގިޔަސް ނުހިނގިޔަސް އަދި ބައެއް ފިރިހެން ކުދިން މާ އަންޑަސްޓޭންޑިން ބަޔަކަށް ހެދިގެން އުޅުނަސް މި ހަގީގަތް އޮތީ މިހެންނެވެ. މިކަހަލަ ކަންކަމުގައި ފިރިހެން ކުދިންނާއި އަންހެން ކުދިންނަކާ ހަމަ އެއްވެސް ތަފާތެއް ނެތެވެ. ރައްޓެހިން ތިބެން ޖެހޭނެ އެވެ. އެކަމަކު ދެ މީހުން ވެސް ދަންނަ އަދި ފެންނަ ރައްޓެހިންނެވެ.