މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

އިޖްތިމާއީ، ތައުލީމީ ދާއިރާއަށް ކޮމަންވެލްތުގެ އެހީ ލިބޭނެ: ޝިދާތާ

ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމުން އިޖްތިމާއީ އަދި ތައުލީމީ ދާއިރާގެ ކުރިއެރުމަށް ކޮމަންވެލްތުގެ އެހީ ލިބޭނެ ކަމުގެ ޔަގީން ކަން އެބައޮތްކަމަށް ޖެންޑާ، މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކޮމަންވެލްތާ އަލުން ގުޅެން ހުށަހަޅާފައި ވާތީ، ރާއްޖޭގެ ހާލަތު ދެނެގަތުމުގެ ގޮތުން ރާއްޖެ ވަޑައިގެން އުޅުއްވާ ކޮމަންވެލްތުގެ ވަފުދުން މިއަދު މިނިސްޓަރު ޝިދާތާ އަށް ބައްދަލުކޮށް ދެއްކެވި ވާހާކަތަކާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓްރީއިން ނެރުނު ސްޓޭޓްމަންޓެއްގައި ބުނީ، އެ ބައްދަލުވުމުގައި ޝިދާތާ ވަނީ އެކަމަނާގެ މިނިސްޓްރީން ހާއްސަ ރައްކާތެރިކަން ދިނުމާއި ހައްގުތަށް ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތް ކޮމަންވެލްތާ ހިއްސާ ކުރެއްވި އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ކޮމަންވެލްތާ ގުޅިގެން ރަނގަޅު ކުރެވެން ހުރި އެހެނިހެން ކަންކަމާ ބެހޭ ގޮތުންވެސް މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ސިޔާސީ މައިދާނުގައި އަންހެނުންނާ ދިމާވަމުންދާ ގޮންޖެހުންތަކާ ގުޅޭގޮތުން ވަނީ ކޮމަންވެލްތުގެ ވަފުދަށް މައުލޫމާތު އަރުވައިފަ އެވެ. އަދި އަންހެނުން ބާރުވެރިކުރުމުގެ ގޮތުން މިހާރުވެސް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ މައުލުމާތުވަނީ ހިއްސާކުރައްވާފަ އެވެ.

ރާއްޖެ ކޮމަންވެލްތްގެ ގައުމެއްގެ ގޮތުގައި 34 އަހަރުވަންދެން އޮތުމަށްފަހު ވަކިވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ވެރިކަމުގަ އެވެ. އޭރުގެ ސަރުކާރުން ބުނެފައިވަނީ ކޮމަންވެލްތުން ވަކިވާން ޖެހުނީ ރާއްޖޭގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ކޮމަންވެލްތުން ނުފޫޒު ފޯރުވަމުން ދާތީ ކަމަށެވެ.

ޝިދާތާ މީގެ އިތުރުން ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަން ކުރައްވަން ބޭނުންވަނީ ބައިނަލްއަގްވަމީ މުޖްތަމުއާ ގުޅިގެން ކަމަށާއި މިކަމުގެ ސަބަބުން އެކިއެކި ދާއިރާތަކަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. މިނިސްޓަރު ވަނީ މީގެ ކުރިން ރާއްޖެ ކޮމަންވެލްތުގެ ގައުމެއްގެ ގޮތުގައި އޮތްއިރު، އެ ޖަމިއްޔާއިން ރާއްޖެއަށް ވެދީފައިވާ އެހީތަކަށް އަލިއަޅުވާފަ އެވެ.

ރާއްޖެ ކޮމަންވެލްތްގެ ގައުމެއްގެ ގޮތުގައި 34 އަހަރުވަންދެން އޮތުމަށްފަހު ވަކިވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ވެރިކަމުގަ އެވެ. އޭރުގެ ސަރުކާރުން ބުނެފައިވަނީ ކޮމަންވެލްތުން ވަކިވާން ޖެހުނީ ރާއްޖޭގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ކޮމަންވެލްތުން ނުފޫޒު ފޯރުވަމުން ދާތީ ކަމަށެވެ.

ރާއްޖެ ވަޑައިގެން އުޅުއްވާ ކޮމަންވެލްތުގެ ވަފުދުގައި އެންމެ އިސްކޮށް އުޅުއްވަނީ ހެޑް އޮފް އޭޝިޔާ ޕެސިފިކް އަދި އެޑްވައިޒަރު އެލްބާޓް މެރިނާ އެވެ. ވަފުދުން ވަނީ މީގެ ކުރިން ފޮރިން މިނިސްްޓްރީ އަދި އިލެކްޝަން ކޮމިޝަން (އީސީ)އާ ވެސް ބައްދަލުކުރައްވާފަ އެވެ.