ލައިފްސްޓައިލް

ހީރަސް ޓީބޭގް ކަޅުސައި ރައްކާތެެރިއެއް ނޫން!

Feb 3, 2019
16

ހެދިކާއާއެކު ކަޅު ސައި ނޫނީ ރިހާކުރާ ރޮއްޓާއެކު ކަޅު ސައި ބުއިމަކީ އާދަވެ ކުރާ އަދި ރަހަ މީރު ކޮށްދޭ ކަމެކެވެ. އަދި އެއީ ހިތްހަމަ ޖެހުމުގެ އިހުސާސެއް ވެސް ގެނުވާ ކަމެކެވެ. އެކަމަކު، މިހެން ބޯލާ އެންމެ ކަޅު ސައި ތައްޓަކުން ވެސް މީހާގެ ހަށިގަނޑު ހަލާކު ވެދާނެ އެވެ. އެވެސް އެނގިފައި އޮންނަންޖެހޭ ކަމެކެވެ. އެކަން އެނގޭ ހެއްޔެވެ؟ ރާއްޖޭގައި ވިއްކާ ބައެއް ސައިފަތް ޕެކެޓުގައި ދަގަނޑު ހީރަސް ހުންނަކަން އެނގެނީ ކިތަށް މީހުންނަށް ހެއްޔެވެ؟ މީގެ ނުރައްކާ އެނގޭ ހެއްޔެވެ؟

"މި ހީރަހުގެ ސަބަބުން ކަޅު ސައި ބޯ މީހާގެ ހަށިގަނޑު ނޭނގި ހުއްޓައި ބޮޑު ނުރައްކަލެއްގެ ތެރެ އަށް ވައްޓާލަ އެވެ. އެއީ އިންސާނާއަށް ނުރައްކާތެރި ހަތުރެކެވެ." ދުނިޔޭގައި އެންމެ ގިނައިން ސައިފަތް އުފައްދާ އެއް ގައުމުކަމަށްވާ އިންޑިއާގެ، ފުޑް ސޭފްޓީ އެންޑް ސްޓޭންޑަޑް އޮތޯރިޓީ އޮފް އިންޑިއާ (އެފްއެެސްއެސްއޭއައި) އިން 2006 ގައި ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.

މި ސަބަބުތަކާ ހުރެ 1، ޖެނުއަރީ 2018 އިން ފެށިގެން އިންޑިއާގައި ވަނީ "ސްޓެޕްލް ޓީ ބޭގް" ވިއްކުން މަނާކޮށްފަ އެވެ.

އަހަރެމެނަށް މިކަން އަދި ރަނގަޅަށް ރޭކާނުލި ނަމަވެސް އިންޑިޔާ ސަރުކާރުން މި ފިޔަވަޅު އެޅީ ނުރައްކާ ތެރި އެ "ކަޅު ސައި" ގެ ނުރައްކާ ރަނގަޅަށް އެނގިގެނެވެ. އެކަން އެނގެނީ އެތައް ބަޔަކު ބޭނުންކޮށްގެން ހެދި ހާއްސަ ދިރާސާތަކުންނެވެ. އެހެންވެ، އެ ހަގީގަތްތަަކާއެކު ޓީ ބޭގުގެ ދަގަނޑު ހީރަހަކީ އިންސާނާގެ ހަށިގަނޑުގެ ހަތުރެއް ކަމަށް އެ ގައުމުން ޔަގީންކުރި އެވެ. އެއާއެކު ވަނީ ގާނޫނީ ގޮތުން ފުރިހަމަ ބާރު ލިބިގެން އެ ބާވަތުގެ ޓީބޭގް ވިއްކުން މަނާ ކޮށްފަ އެވެ.

"ހީރަސް ކަޅު ސައި" މި ކިޔަނީ ކީއްވެގެން ހެއްޔެވެ؟ މީގެ އަސްލު ނުރައްކަލަކީ ކޮބައި ހެއްޔެވެ؟

ހީރަސް ކަޅު ސަޔާއި ހަޖަމްގެ ބަލިތައް!

ކަޅު ސައި ބޯން ތައްޔާރުވާއިރު މޭޒުމައްޗަށް ގެނެސްފައި ތިޔަ އޮތް ސައިފަތް ޕެކެޓަށް ރަނގަޅަށް ވިސްނާލައި ބަލައިލާށެވެ. ތައްޓަށް ވައްޓާލާ ޕެޖެޓުޖައި ރޮދި ފަށުން ހަރުކޮށްފައި އެވަނީ އެ ހީރަހެވެ. އޭގެ ބޭނުނަކީ ސައިފަތް ޕެޖެޓު ހިފެހެއްޓުމެވެ.

ރާއްޖޭގެ ބާޒާރުގައި ވިއްކާ ގިނަ ސައިފަތް ޕެކެޓުތަކުގައި މި ހީރަސް ހުންނާނެ އެވެ. "ސްޓެޕްލް ޓީ ބޭގް" އޭ ކިޔަނީ އެހެންވެ އެވެ. މި ބާވަތަތު ސައިފަތް ޕެކްޓު ހޫނު ފެނަށް ވައްޓާލުމާއެކު ހީރަހުގައި ހުންނަ ދަމިލަތަކާއި ދަގަނޑުގެ ބާވަތްތައް ސައިތައްޓަށް ފޭދިގެންދެ އެވެ. މިއީ ސައިފަތް ޕެކެޓުގެ ނުރައްކާ ކުރިމަތިވާ ހިސާބެވެ. ދެން މި ސައިފަތް ޕެކެޓުގެ ހުރިހާ ނުރައްކަލެއް ކުރިމަތިވާނީ ހަށިގަނޑަށެވެ. ހީރަހުގައި ހުންނަ "ގަލްވަނައިޒްޑް އަޔަން" ގެ ސަބަބުން އެތެރެ ހައްޓަށް ލޭ ފޭބުން ނުވަތަ އިންޓާނަލް ބްލީޑިންގެ މައްސަލައެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.

ދިވެހިން ވެސް ވިސްނަން މިއޮތީ ޖެހިފަ އެވެ. ދިވެހިންގެ ތެރޭގައި މި ވަރަށް ހަޖަމްގެ ބަލިތަކާއި ގޮހޮރުގެ ބަލިތައް ގިނަ ވަނީ ކީއްވެގެން ހެއްޔެވެ؟

ހަމަ ގައިމު ވެސް މި ފަދަ މައްސަލަތަކުގެ ސަބަބު ހޯދަން ރާއްޖޭގައި ދިރާސާއެއް ނުވަތަ ސާވޭއެއް ހެދިފައެއް ނުވެ އެވެ. އެކަމަކު ކޮންމެ ދުވަހަކު ދެ އިރު ނޫނީ އެއަށް ވުރެ ގިނައިން ދަގަނޑުގައި ހުންނަ "ޒިންކް ކޮމްޕައުންޑްތައް" އެކުލެވޭ އެއްޗެއް ބޯނަމަ ނުރައްކާތެރިކަން ނާންނާނެ ކަމަށް ވިސްނުން އެއީ ބުއްދިވެރި ކަމެއް ނޫނެވެ. ހޫނު ފެން ތައްޓަށް މި ޒިންކުގެ މާއްދާ ވައްޓާލުމާއެކު ފޭދިގެން އެ ދަނީ ތިމާވެ ހަށިގަނޑުގެ ތެރެ އަށެވެ.

ރަހައެއް ނުލި ނަމަވެސް އެތެރެހަށީގެ ވަކިވަކި ގުންވަން ތަކުގެ އެންމެ ފުނަށް އެ ފޯރާނެ އެވެ. ނިމޭނީ ގޮހޮރަށެވެ. ނޫނީ ކިޑްނީ އަށެވެ. ހަޖަމް ކުރުމުގެ ނިޒާމު ގަރަނބުކޮށްލަނީ މި މާއްދާގެ ސަބަބުންނެވެ. މީގައި އެހެން ނުރައްކަލެއް ވެސް ދިރާސާ ތަކުން ދައްކަ އެވެ. އެއީ ވާގި ނެތުމުގެ ބިރާއި އިދިފުށަށް ދަމައިގަނެ އުމުރު ދުވަހު ބަލި އެނދަށް ވެއްޓުމުގެ ބިރު އޮތުމެވެ.

ހީރަސް ދިރުނަސް ނޭނގޭނެ!

ސައިފަތް ޕެކެޓުގައި އިންނަ ހީރަސް ނު ދިރޭނެ ކަމަށް ގަބޫލު ކުރަން ހެއްޔެވެ؟ ސައި ތަށި ދަމާލާ އިރު ކުޑަ ހީރަހެއް ދިރުނަސް އެނގޭނީ ކާކަށް ހެއްޔެވެ؟ ހެދިކާއާއެކު ހަފާލާއިރު މި ހީރަސް ހަށިގަނޑުގެ ތެރެ ނުދާނެކަމަށް ގަބޫލު ކުރަން ހެއްޔެވެ؟ މިއީ ވެސް ވުން ގާތް ގޮތެކެވެ. ބައެއް ދިރާސާތަކުން ވަނީ މިކަން ޔަގީން ކޮށްދީފަ އެވެ.

މިނޫން އެއްޗެއް ރާއްޖޭން ލިބޭނެ ހެއްޔެވެ؟

ހީރަސް ނެތް، ޓީ ބޭގެއް ރާއްޖޭން ލިބެން އެބަހުރި ބާއެވެ؟ ހީރަސް ނެތް ސައިފަތް ޕެކެޓު ރާއްޖޭން ވެސް ލިބެ އެވެ. "އޮރިޖަލް ޓީ ބޭގް" ލިބެން ހުރެ އެވެ. އޮރިޖިނަލް މޮޅު ޓީ ބޭގް އެނގޭނީ ކިހިނެއް ހެއްޔެވެ؟ ދުނިޔޭގެ އެންމެ ގިނައިން ސައިފަތް ބޭރު ކުރާ ސްރީލަންކާގެ ޓީބޯޑް އިން ދޭ ލަޔަން ލޯގޯ އަކީ އޮރިޖިނަލް ޓީ އަށް ދޭ އެއް ލޯގޯ އެވެ. އެ ގައުމުގެ ޓީ ބޯޑުން ބަލައި 100 ޕަސެންޓް ޕިއޯ ސައިފަތަށް ނޫނީ މި ލޯގޯއެއް ނުދޭނެ އެވެ. އެ ގައުމުން ސައިފަތް މިނެ ކިރުމުގައި ބަލާ އެންމެ މަތީ މިންގަނޑުން ބަލައިދޭ މި ލޯގޯ ޖެހި ބްރޭންޑްތައް ވެސް ރާއްޖޭގައި ވެސް ވިއްކަ އެވެ. މިކަން ކުރަނީ ހާއްސަ "ޓީ ޓެސްޓިން ޔުނިޓް" އަކުންނެވެ. ސްރީލަންކާ ސަރުކާރުގެ 100 ޕަސެންޓް ޔަގީންކަން ދޭ މި ލޯގޯއިންނާއި ސައިފަތް ޕެކްޓު ބަންދު ކުރާއިރު އޭގެ ބޭރުގަ އެވެ. އެހެންވެ ސައިފަތް ގަތުމުގެ ކުރިން މިކަން ހަނދާން ކުރަން ޖެހެ އެވެ.

ސައިފަތް ޕެޖެޓެއް ގަންނައިރު މި ކަމަށް ސަމާލުވުން މުހިންމު ކަމަށް ފެނެ އެވެ. އެއީ ތިމާގެ ހަށިގަނޑު ނުރައްކަލުގެ ތެރެއަށް ވައްޓާލުމުގެ ކުރިން ކޮންމެހެން ހޯދަން ޖެހޭ އެއްޗެކެވެ. "ރައްކާވެ ތިބިއްޔާ ދަތުރެ" ވެ.