ހަބަރު

ރައީސް ސޯލިހު ލަންކާއަށް ފުރާވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީ ދަތުރުފުޅެއްގައި އަވަށްޓެރި ސްރީލަންކާއަށް ފުރާވަޑައިގެންފި އެވެ.

ރައީސް މިއަދު ސްރީލަންކާއަށް ވަޑައިގެންނެވީ އެ ގައުމުގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވުމަށް ލަންކާއިން ދިން ދައުވަތަކަށެވެ. މިއީ ރާއްޖޭގެ ރައީސްއަކު ލަންކާގެ މިނިވަން ދުވަސް ޝަރަފުވެރި ކޮށްދެއްވުމަށް ވަޑައިގަންނަވާ ފުރަތަމަ ދުވަހެވެ.

ލަންކަގެ މިނިވަން ދުވަހަކީ ފެބުރުއަރީ 4 ވަނަ ދުވަހެވެ. ރައީސް ސޯލިހު އެ ގައުމުގައި ހުންނަވާނީ އަންނަ އަންގާރަ ދުވަހާ ހަމައަށެވެ. ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރުގެ އިސް ވެރިންނާ ބައްދަލު ކުރައްވާނެ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި މިއަދު މެނދުރުގެ ވަގުތެއްގައި ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.