ހަބަރު

ލަންކާ އެއާޕޯޓްގައި ޑްރޯން އެރުވި ހަތަރު ދިވެއްސަކު ހައްޔަރުކޮށްފި

Feb 3, 2019
2

ސްރީލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް ކައިރީ ހުއްދަ ނެތި ޑްރޯންއެއް އެރުވި ހަތަރު ދިވެއްސަކު ލަންކާ ފުލުހުން ހައްޔަރުކޮށްފި އެވެ.

ލަންކާގައި އެއާޕޯޓާއި އަށް ކިލޯމީޓަރު ކައިރިން ޑްރޯން އެރުވުމަކީ މަނާ ކަމެކެވެ. ލަންކާގެ "ޑެއިލީ މިރާ" ނޫހުން ބުނީ، އެއާޕޯޓާ ކައިރި ސަރަހައްދުން ޑްރޯން އަރުވަނިކޮށް ހައްޔަރު ކުރީ، އުމުރުން 19-23 އަހަރުގެ ދިވެހި ޒުވާނުންތަކެއް ކަމަށެވެ.
އެ މީހުންގެ ތެރޭގައި ދިވެހި އަންހެނަކު ވެސް ހިމެނޭ ކަމަށް އެ ނޫހުގައި ބުނެފައި ވެއެވެ. އެ މީހުން ހައްޔަރު ކުރީ އެއާޕޯޓް މަތީގައި ޑްރޯން އުދުއްސަމުން ދަނިކޮށް ރޭ ލަންކާ ގަޑިން 8:00 އެހާ އިރު އެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދުގެ ވަގުތެއްގައި ނިގަމްބޯ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރަން ވަނީ ޝެޑިއުލްކޮށްފަ އެވެ.