ކުޅިވަރު

އެސޯސިއޭޝަން ކަޕްގެ އަންހެން ޗެމްޕިއަކަން ވެމްކޯއަށް

ފައިނަލުގައި ޕޮލިސް ކުލަބުގެ މައްޗަށް ކާމިޔާބު ހޯދައި ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކުލަބު ވެމްކޯ ހޯދައިފި އެވެ.

ވެމްކޯ މެޗު ކާމިޔާބު ކުރީ ހަތަރު ސެޓް އެއް ސެޓުންނެވެ. ފުރަތަމަ ސެޓް ވެމްކޯ ކާމިޔާބު ކުރީ، 25-23 ންނެވެ. ދެ ވަނަ ސެޓް ޕޮލިސް ކުލަބު ކާމިޔާބު ކުރީ، 25-17 އިންނެވެ.

ތިން ވަނަ ސެޓް ދިޔައީ ވަރަށް ފޯރިގަދަ ކޮށެވެ. ވެމްކޯ ކާމިޔާބު ކުރީ، 26-24 ންނެވެ. ހަތަރު ވަނަ ސެޓް ދިޔައީ، ކުރީގެ ސެޓަށް ވުރެ ފޯރިގަދަކޮށެވެ. އެ ސެޓް ވެމްކޯ ކާމިޔާބު ކުރީ، 27-25 ންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ އާމިނަތު އަރީޝާ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަކީ، ޕޮލިސް ކުލަބުގެ ހައްވާ ރާޝިދާ އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކީ، ޕޮލިސްގެ އާމިނަތު ޝާހް ޝާމިން އެވެ. މުބާރާތުގެ އެންމެ މޮޅު ލިބަރޯއަކީ، ޕޮލިސްގެ ނުހާ ވަހީދު އެވެ. އެންމެ މޮޅު މިޑްލް ޕްލެއާ އަކީ ލޮރެންޒޯ ސްޕޯޓްސް ކުލަބުގެ، ހައްވާ ސަހާ އެވެ. ދެ ވަނަ އަށް އެންމެ މޮޅު މިޑްލް ޕްލޭއާ އަކީ ޕޮލިސްގެ ހަދީޖާ އިބްރާހިމް އެވެ.

އެންމެ މޮޅު ސެޓަރަކަށް ހޮވުނީ ލޮރެންޒޯގެ ފާތިމަތު ޖޫޒާން ޒަރީރު، އެންމެ މޮޅު އައުޓްސައިޑް އެޓޭކާއަށް ހޮވުނީ، ހައްވާ ރާޝިދާ އެވެ. ދެ ވަނަ އަށް އެންމެ މޮޅު އައުޓްސައިޑް އެޓޭކާއަކީ، ވެމްކޯގެ އައިޝަތު މާޖިދާ އެވެ. ތިން ވަނައަށް އެންމެ މޮޅު އައުޓްސައިޑް އެޓޭކާއަކީ، އަރީޝާ އެވެ.

ފޮޓޯތައް: ހާފްކޯޓް މޯލްޑިވްސް