ހަބަރު

ރާއްޖެއާއި ލަންކާ ސަރުކާރާ ދެމެދު މަޝްވަރާތައް ފަށައިފި

Feb 5, 2019

ރާއްޖެ އާއި ސްރީލަންކާ ސަރުކާރާ ދެމެދު ރަސްމީ މަޝްވަރާތައް ފަށައިފި އެވެ.

ލަންކާގެ ރައީސް އޮފީހުގައި ކުރިޔަށް ދާ އެ ބައްދަލުވުމުގައި ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަ އެވެ. އޭގެ އިތުރުން ރާއްޖެ ފަރާތުން ރައީސް ސޯލިހު އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ތެރެއިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލި އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގައި ދެ ގައުމު ދެމެދު ސިޔާސީ މަޝްވަރާތަކާއި ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ. އެއަށް ފަހު ރައީސް ސޯލިހާއި ސިރިސޭނާ އާ ދެމެދު ވަން ޓުވަން ބައްދަލުވުމެއް ވެސް އޮންނާނެ އެވެ.

ދެ ސަރުކާރު ދެމެދު ބާއްވާ ރަސްމީ މަޝްވަރާތަކަށް ފަހު ރައީސް ސޯލިހު މިއަދުގެ ވަގުތެއްގައި ލަންކާގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑު ވަޒީރު ކުރީގެ ބޮޑު ވަޒީރު ރާޖަޕަކްސައާ ވެސް ބައްދަލު ކުރައްވާނެ އެވެ.