ހަބަރު

ލަންކާ ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި

Feb 5, 2019
1

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް ސޯލިހު ލަންކާއަށް ވަޑައިގަތި އެ ގައުމުގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވުމަށް ލަންކާގެ ރައީސް މައިތުރިޕަަލަ ސިރިސޭނާ ދެއްވި ދައުވަތަކަށް މިދިޔަ އާދީއްތަ ދުވަހުގަ އެވެ. އެމަނިކުފާނުގެ އަރިހުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ، ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމްއާ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އަދި އާޓްސް އެން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ވަޑައިގަތެވެ.

އެގޮތުން ލަންކާގެ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް ފަހު ރައީސް ސޯލިހު ވަނީ ސިރިސެނާ އާއި އެ ގައުމުގެ މިނިސްޓަރުންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި ދެ ގައުމުގެ ދެމެދު ރަސްމީ މަޝްވަރާތަކަށް ފަހު ލަންކާގެ އިދިކޮލު ލީޑަރު އަދި ކުރީގެ ބޮޑުވަޒިރު ރާޖަޕަކްސާއާ ވެސް ރައީސް ސޯލިހު ވަނީ ބައްދަލު ކުރައްވައިފަ އެވެ. އޭގެ އިތުރުން އެ ގައުމުގައި ދިރިއުޅުއްވާ ދިވެހިންނާ ވެސް ރައީސް ސޯލިހު ބައްދަލު ކުރެއްވި އެވެ.