ވިޔަފާރި

ތިލަދޫގައި ހެދި ރިސޯޓް ދަ ނޮޓްލެސް މޯލްޑިވްސް ހުޅުވައިފި

Feb 6, 2019

ބ. ތިލަދޫގައި ހެދި ދަ ނޮޓްލެސް މޯލްޑިވްސް ބީޗް އެންޑް އޯޝަން ހައުސް ރިސޯޓް ހުޅުވައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބައެއް ސައިޓުތަކުގައިވާ ގޮތުން އެންމެ ފުރިހަމަ ހިދުމަތް ދެވޭ ގޮތަށް ފަރުމާކޮށް ހުޅުވި ދަ ނޮޓްލެސް މޯލްޑިވްސް ބީޗް އެންޑް އޯޝަން ގެ ހާއްސަ ކަމަކީ މިތަނުގެ މޫދު ކޮޓަރިތަކާއި ބީޗް ކޮޓަރިތައް ވެސް އަމިއްލަ ގެ އިން ހިދުމަތް ދެވޭ ގޮތަށް، ފަރުމާކޮށްފައި ވުމެވެ. އަމިއްލަކަން އިހުސާސްވާނެ ގޮތަށް ހަދާފައި ހުރުމެވެ.

މި ރިސޯޓުގެ ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓުމަށް ހާއްސަ ގަޑިއެއް ނޯވެ އެވެ. އަދި ރެސްޓޯރެންޓްތަކުގައި ހާއްސަ ފިކްސް މެނޫނެއް ނޯވެ އެވެ. ރެސްޓޯރެންޓްތަކުން ގެސްޓް މީހާ ބޭނުންވާ ކޮންމެ ކާއެއްޗެއް ތައްޔާރު ކޮށްދެ އެވެ. އަދި ވަކިން ހާއްސަ ޑްރެސްކޯޑެއް ރިސޯޓަށް ހާއްސަކޮށްފައެއް ވެސް ނޯވެ އެވެ.

ޔުނެސްކޯ އިން ހިމާޔަތް ކޮށްފައިވާ ބ. އަތޮޅު ބަޔޮސްފިޔަ ރިޒާވްގައި ތަރައްގީކޮށްފައިވާ މި ރިސޯޓުގައި 26 ބީޗް އަދި އޯޝަން ހައުސް ހުރެ އެވެ. މި ތަންތަން ފަރުމާކޮށްފައިވަނީ ރިސޯޓަށްދާ މީހާއަށް އެ ތަނަކީ އަމިއްލަ ގޭގެ ގޮތުގައި އިހުސާސް ކުރެވޭ ގޮތަށެވެ. މި ތަންތަނުގައި އެއް ކޮޓަރިން ފެށިގެން ތިން ކޮޓަރީގެ ބީޗް ހައުސް ހިމެނެ އެވެ. މި ރިސޯޓުގައި ހަދާފައިވާ އޯޝަން ހައުސްތަކުގައި ޕްރައިވެޓް ސުވިމިން ޕޫލް ހުރެ އެވެ.

ނޮޓްލެސް މޯލްޑިވްސް ބީޗް އެންޑް އޯޝަންގެ ވޯޑިއޯއެއް

މި ތަންތަނުގައި އެއް ކޮޓަރިން ފެށިގެން ތިން ކޮޓަރީގެ ބީޗް ހައުސް ހިމެނެ އެވެ. މި ރިސޯޓުގައި ހަދާފައިވާ އޯޝަން ހައުސްތަކުގައި ޕްރައިވެޓް ސުވިމިން ޕޫލް ހުރެ އެވެ.