މިފްކޯ މައި އޮފީހާއި މަސް ފިހާރަ ފަޅާލައިގެން ވަގުން ވަދެ ލެޕްޓޮޕެއް ގެންގޮސްފި އެވެ.
މިފްކޯގެ އޮފިޝަލަކު މިއަދު ވިދާޅުވީ ވަގުންގެ ތެރެއިން އެކަކު ރޭ މެންދަމު ވަދެ ވައްކަމުގައި ބައިވެރިވެފައި ވަނީ އެ ކުންފުނީ މަސް ފިހާރައިގެ ދޮރެއް ހަލާކު ކޮށްލައިގެން ފިހާރަ ތެރެއަށް ވަދެ އެތާނގެ ތެރެއިން އޮފީސް ތެެރެއަށް ދެމިގަނެގެން ކަމެވެ. އަދި ބުނީ އަނެއް މީހާ ވަދެފައި ވަނީ ފުރާޅުމަތީން އަރައި ފުންމާލައިގެން ކަމަށެވެ.
ވަގުން ދެ މީހަކު ވަދެ މައި އޮފީހުގެ ކަަރަންޓް ދުއްވާލައި އަނދިރިކުރި ނަމަވެސް އެ މީހުންގެ ވަން ގޮތުގެ މަންޒަރުތައް ސީސީޓީވީ ފުޓޭޖްގައި ހުއްޓެވެ.
މަހުގެ ގިނަ ޕްރޮޑްކްޓްތަކެއް ހުރި ފިހާރަ އާއި މުދާ ހުރި އޮފީސް ފަޅާލި ނަމަވެސް ވަގުން ގެންގޮސްފައި ވަނީ މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީގެ ސެކްރެޓަރީގެ ލެޕްޓޮޕް އެކަންޏެވެ. އެއްހެން އެއްޗެސް އެއްޗެއް އަދި ފައިސާ އެއްވެސް ނުގެންދެ އެވެ. ވަން އިރު ދެބައި ގައި ފައިސާއެއް ނުވެސް ނެތެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ބަލައި ތަހުގީގު ކުރަމުންނެވެ.