ހަބަރު

ރޮބިންސަން ރިސޯޓްގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

ނ. އަތޮޅުގައި ހިންގާ ރޮބިންސަން ރިސޯޓްގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުން ބުނީ، ރޮބިންސަން ރިސޯޓްގައި މިއަދު ޗައިނާ ފަތުރުވެރިއަކު ގެނބިގެން މަރުވެފައިވާ ކަމަށެވެ. މަރުވެފައިވަނީ 45 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 5:00 ގައި ކަމަށްވެސް ފުލުހުން ބުންޏެވެ.

ފަހަކަށް އައިސް ގެނބިގެން މަރުވާ ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ ހަފްތާގައިވެސް ވަނީ ފީނަން ފޭބި ފަތުރުވެރިއަކު މަރުވެފަ އެވެ. އަދި މިދިޔަ މަހުގެ ތެރޭގައި ވަނީ ގެނބިގެން ގިނަ އަދަދެއްގެ ފަތުރުވެރިން މަރުވެފަ އެވެ. އެގޮތުން ޕެރަޑައިސްގައި ތިން މީހަކު މަރުވެފައި ވެއެވެ.