މާލެ އަތޮޅު ރިސޯޓެއްގެ ސްވިމިން ޕޫލްގައި ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަށް އަހަރުގެ އަންހެން ކުއްޖާ މަރުވެފައި އޮތީ ކޮކޯޕާމް ބޮޑު ހިތީގަ އެވެ.
ކުއްޖާ މަރުވެފައި އޮތް ޕޫލަކީ ކުޑަކުދިންނަށްވެސް އެރެވޭ ގޮތަށް އަދި އެހާ ފުން ނޫން ގޮތަކަށް ހަދާފައިވާ ޕޫލެއް ކަމަށް އެނގިފައިވެ އެވެ.
ކުއްޖާއަށް އަވަސް ފަރުވާ ދިނުމަށް މާލެ ގެނެސް އޭޑީކޭ ގެންދިޔަ ނަމަވެސް އޭރުވެސް ކުއްޖާ މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވެ އެެވެ.
މިމައްސަލަ ތަހުގީގުކުރަމުންދާތީ މައްސަލައާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމައެއް ނުކުރެ އެވެ.
ރާއްޖޭގެ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން ގެނބިގެން މަރުވުމަކީ ދޭތެރެއަކުން ހިނގާ އެކަމަކު ހައްލު ނުވެ އޮންނަ މައްސަލަ އެކެވެ.